ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދިނުމުން ފ. ފީއަލީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަލީލަށް އިދިކޮޅު އެމްޑީޕީން ފިޔަވަޅު އަޅައިފި އެވެ.
އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމި ނިންމުމުގައި ވަނީ ޖަލީލަކީ އެ ޕާޓީގެ ޓިކެޓްގައި ސިޔާސީ މަގާމްތަކެއް އަދާކޮށްފައިވާ މީހަކަށްވާއިރު، އާންމު މެންބަރުންނާއި ޕާޓީން އޭނާއާ މެދު ކުރާ އިތުބާރާއި އުންމީދުތަކެއް އެބަހުރި ކަމަށެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގައި ފީއަލީ ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން އެއްވެސް މަސައްކަތެއް ނުކޮށް، ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެރިވެފައިވާކަން ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން ސާބިތުވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
އެހެންކަމުން ފިޔަވަޅު އެޅުމާއި އިސްތިއުނާފު ކުރުމުގެ ގަވާއިދުގެ ދަށުން ހަތަރު އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް އެމްޑީޕީގެ ޓިކެޓްގައި ގައުމީ އެއްވެސް އިންތިހާބެއްގައި ޖަލީލަށް ވާދަނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މުއްދަތުގައި އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވެސް ވާދަނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ހަރަކާތްތައް މިފަހަރު ހއ. އަތޮޅުގައި
ތިން ދަތް ނެގި މީހަކު މަރުވި މައްސަލައިގައި އިހުމާލުތަކެއް
