ބޭރަށް ނުކުންނައިރު މާސްކު އަޅައި، ވައި ތަޣައްޔަރު ވުމުން ރައްކާތެރިވުމަށް ތަފާތު ފިޔަވަޅުތައް އެޅި ނަމަވެސް، ގޭތެރޭގެ ވައިގެ ފެންވަރާ މެދު ވިސްނާލަނީ ކިތައް މީހުން ހެއްޔެވެ؟
ތަޅުންގަނޑާއި، ފަރުނީޗަރު އަދި ފަރުނީޗަރުތަކުގައި ހިރަފުސް ނެތި، ގެ ސާފުކޮށް ފެނުނު ނަމަވެސް ބޭރުގައި ވައި ތަގައްޔަރުވާ މިންވަރު މަތި ދުވަސްވަރު ގޭތެރޭގައި ނޭވާލާ ވައި ސާފު ނުވެދާނެ އެވެ. ލޮލަށް ނުފެނުނު ނަމަވެސް، ގެތެރޭގެ ވައިގެ ތެރޭގައި ގެއްލުންދޭ މާއްދާތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ލޮލަށް ސާފުކޮށް ފެނުނަސް ވައި ތަގައްޔަރު ވެފައި ހުރެދާނެ
ނާރާޔަނާ ހޮސްޕިޓަލް، ގުރޫގްރާމްގެ ސީނިއާ ކޮންސަލްޓަންޓް އިން ޕަލްމޮނޮލޮޖީ ޑރ. ޕިޔޫޝް ގޮއެލް ވިދާޅުވި ގޮތުގައި، ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުމުން ރައްކާތެރިކަމުގެ އިޙްސާސެއް ކުރެވުނު ނަމަވެސް، ބޭރުގެ ތަގައްޔަރު ވައި ގެތެރެއަށް ވަނުމުގެ ފުރުސަތު އޮވެ އެވެ.
"ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުމުން ރައްކާތެރިކަމުގެ އިޙްސާސެއް ލިބުނު ނަމަވެސް، ތަގައްޔަރުވުން އަބަދު ގެއާ ހަމައިން ހުއްޓައެއް ނުލާ. ކެއްކުމާއި، ސާފުކުރުމާއި، ގެވެހި ބައެއް ތަކެތި ބޭނުން ކުރުން ފަދަ އާންމު ކަންކަމުގެ ސަބަބުން ވެސް ގެތެރެއަށް ތަގައްޔަރު މާއްދާތައް އާދޭ. އަދި ބޭރުގެ ތަގައްޔަރު ވައި ވެސް ގެތެރެއަށް ވަދޭ." ޑރ. ގޮއެލް ވިދާޅުވި އެވެ.
ފެނުގެ ސާފުކަން ކަށަވަރު ކުރުމަށް ވޯޓާ ޕިއުރިފަޔާ ބޭނުންކުރާ ފަދައިން، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ގޭތެރޭގައި ނޭވާލާ ވައިގެ ފެންވަރަށް ސަމާލުކަން ދިނުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މުހިންމު ކަމެއް ކަމަށް ޑރ. ގޮއެލް ފާހަގަކުރެއްވި އެވެ.
ބަދިގޭގެ އާލާތްތަކާއި ވައި ދައުރުވުމުގެ ދައުރުގޭތެރޭގެ ވައިގެ ފެންވަރަށް އަސަރު ކުރަނީ ހަމައެކަނި ބޭރުގެ ވައި ތަގައްޔަރު ވުމަކުން ނޫނެވެ.
ކެއްކުމާއި ވައި ރަނގަޅަށް ދައުރު ނުވުމަކީ ވެސް ބޮޑު ސަބަބެކެވެ. އެގޮތުން މަތީ ފިނިހޫނުމިނުގައި ތެލުލުމާއި، ފިހުމާއި، ކާތަކެތި ދުން ގަތުމުން ވައިގެ ތެރެއަށް ކުދިކުދި ޕާޓިކަލްތައް އެޅެ އެވެ.
- ބަދިގޭގެ އެގްޒޯސްޓް: ކެއްކުމުގެ ތެރޭގައި އުފެދޭ ވައި ބޭރު ކުރުމަށް ބަދިގޭގައި ރަނގަޅު އެގްޒޯސްޓް ސިސްޓަމެއް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
- އެއާ ޕިއުރިފަޔާ: އެއާ ޕިއުރިފަޔާތަކުން ގެތެރޭގެ ވައިގައި ހުންނަ ބައެއް ޕާޓިކަލްތައް މަދު ކުރުމަށް . ނަމަވެސް އެއީ ވައި ރަނގަޅަށް ދައުރު ކުރުވުމުގެ (ވެންޓިލޭޝަން) ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ.
- ހޭލުންތެރިކަން: އާލާތްތައް އުފައްދާ ފަރާތްތަކުގެ ޒިންމާއަކީ ހަމައެކަނި އާ ޓެކްނޮލޮޖީތައް ތައާރަފު ކުރުމެއް ނޫނެވެ. އެ އާލާތްތަކުން ކުރެވޭނެ ކަންތައްތަކާއި، އެ އާލާތްތަކުގެ ހުދޫދުތައް ކަސްޓަމަރުންނަށް ސާފުކޮށްދިނުމަކީ ވެސް މުހިންމު ކަމެކެވެ.
ހުލާސާކޮށް ބުނާނަމަ، ގެ ރީތިކޮށް ތަރުތީބުކޮށް ހުއްޓަސް ވައިގެ ފެންވަރު ދަށްވެދާނެ އެވެ. އެހެންކަމުން ކުޑަދޮރުތައް ލެއްޕުމުގެ އިތުރުން، ކައްކާ ގޮތަށާއި، ބަދިގޭގެ އެގްޒޯސްޓަށާއި، ވައި ދައުރުވުމަށާއި، އާންމުކޮށް ގެ ސާފު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
ގެއަށް ފަރުނީޗަރު ގަންނައިރު ސަމާލުވާންވީ ދެތިން ކަމެއް!
2035 ވަނަ އަހަރު އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން ވާނެ
ޓްރަމްޕް، ޕޫޓިން އަދި ޝީ ބައްދަލުކުރައްވައިފި