ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަން އަންގައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ސާކިއުލާގައިވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނާ މުހާތަބު ކުރާއިރު ބޭނުން ކުރަންޖެހެނީ މަގާމުގެ ނަމާއެކު އަލްއުސްތާޒު ނުވަތަ އަލްއުސްތާޒާ ނުވަތަ ޑޮކްޓަރުގެ ލަގަބު ކަމަށް އެ ސާކިއުލާގައިވެ އެވެ.
އެ ސާކިއުލާގައިވާ ގޮތުން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވާހަކަ ދައްކާއިރު އެ ލަގަބުތައް ބޭނުން ކުރަން ޖެހޭނެ އެވެ.
ޖޭއެސްސީން ކުރިން އަންގާފައި އޮތްގޮތުން ހަމައެކަނި ބޭނުންކުރަނީ އެ ބޭފުޅެއްގެ މަގާމުގެ ނަމެވެ.
ރަސްމާލެ މަޝްރޫއު ހުއްޓާލަން އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި
ރަސްމާލެ ވިއްކާލުމާ ގުޅޭ ބިލް 18 ދުވަސް ތެރޭ ފާސްކުރަނީ