ފުވައްމުލަކު ގޮނޑުދޮށުގައި ބަޔަކު މަރާލާފައި އޮތް މިޔަރެއް ފެނިގެން ޝަކުވާކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓެއްގައި ބުނެފައި ވަނީ ތިލަ މިޔަރެއް (ގްރޭ ރީފް ޝާކް) މަރާލުމަށްފަހު އެއްލާފައި އޮތީ އެ ރަށު އިރުމަތީ ފަރާތު ގޮނޑުދޮށުގަ އެވެ. އެ މިޔަރު މަރާލުމަށްފަހު މަސް ނެގުމަށްފަހު އެއްލާލިއިރު އޮތީ ހަމައެކަނި ބޮލާއި ނިގުލެވެ.
"ކޮންމެ ވެސް މީހަކު މިޔަރު މަރާލުމަށްފަހު މަސްގަނޑު ކަފާލައިގެން ގެންގޮސްފައި. މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" އެ މީހާ ބުނެފައިވެ އެވެ.
މިޔަރު ހިފުމާއި މިޔަރު ބޭނުން ރާއްޖޭގައި މަނާކުރުމާ ގުޅިގެން، މިޔަރު އެކި ބާވަތްތައް އިންތިހާއަށް އާލާވެ، މަސްވެރިންނަށް އޭގެ އުނދަގޫ އިންތިހާއަށް ފޯރަމުންދާކަމުގެ ޝަކުވާ ކުރެ އެވެ.
ފެމުނު މިޔަރު ގިނަ އަދަދަކަށް އާލަވެ އުޅެމުން އަންނަ ފުވައްމުލަކަކީ މިހާރު ޑައިވިންއަށް ވަރަށް މަޝްހޫރު ރަށެކެވެ. އެ ރަށް ކައިރީގައި އުޅޭ މިޔަރުތައް ބަލައިލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ފުވައްމުލަކަށް ޒިޔާރަތްކުރެ އެވެ.
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
ނަޝީދަށް މަރުގެ އިންޒާރުދިން މީހަކު 10 އަހަރަށް ޖަލަށް
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓާމިނަލަށް ބަދަލު ނުވެ ލަސްވަނީ