ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ނިންމައިފި އެވެ.
މަޑުއްވަރީ ބަނދަރު ތަރައްގީކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ ދަށުން 7،280 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 65،520 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަ ބޭސިން ފުންކުރުން ހިމެނޭ ކަމަށެވެ.
ގާތްގަނޑަކަށް 68 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 411 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި 2،825 އަކަ މީޓަރުގެ ސަރަހައްދެއްގައި ފޭވްމަންޓް ހެދުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ
މީގެ އިތުރުން އެ ބަނދަރުގެ ނެރު ބައްތި އަދި މަގުމަތީ ބައްތި ހަރުކުރާނީ ވެސް އެމްޓީސީސީންނެވެ.
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
"އެސްއެމްއީ 360" އިފްތިތާހުކޮށްފި
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ
