"މިޝަން އިމްޕޮސިބަލް"ގެ އާ ފިލްމްގެ ޝޫޓިންގެ ތެރޭގައި ދުއްވަމުންދާ ރޭލެއްގެ މަތީގައި ހުރެ ޓޮމް ކުރޫސް ޖައްސާ ސްޓަންޓަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ. އަދި މި ސްޓަންޓްތައް އެތައް ފަހަރަކު ޑަބަލް-ޓޭކް ނަގަން ވެސް ޖެހިއްޖެ އެވެ.

ނޯވޭގައި ކުރިއަށް ދާ މިޝޫޓުގެ ވީޑިއޯއެއް އެ ގައުމުގެ ޓިކްޓޮކް ބޭނުންކުރާ މީހެއް ކަމަށްވާ ތޯމަސް ހޯގްލޭންޑް ވަނީ ހިއްސާ ކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކްރޫސް އިންނަނީ ދުއްވަމުންދާ ރޭލެއްގެ މަތީގައި ބެލެންސް ކޮށްލައިގެންނެވެ. މި ވީޑިއޯ ނަގާފައި ވަނީ އެ ރޭލު ދަތުރުކުރި މަގުގެ އަނެއް ފަރާތުން ދުއްވަމުންދިޔަ ކާރެއްގެ ތެރޭގައި އިނދެގެންނެވެ.

https://www.instagram.com/p/CF6nw31pRtM/?utm_source=ig_embed

ވީޑިއޯ ކުރާކަން އެނގުމުން ކްރޫސް ވަނީ ތޯމަސްއަށް ހަނާ އަޅާފަ އެވެ. އެރުވެސް އޭނާގެ އެއްފައި އޮތީ ދުއްވަމުންދިޔަ ރޭލުން ބޭރުގަ އެވެ.

ކޮރޯނާ ވައިރަހާ ހެދި ޓޮމް ކްރޫޒްގެ އެކްޝަން ސްޕައި ފިލްމް ފްރެންޗައިޒް އެއް ކަމަށްވާ "މިޝަން އިމްޕޮސިބަލް"ގެ ޝޫޓިން ފެބްރުއަރީ މަހުގެ ތެރޭގައި މެދުކަނޑާލުމަށް ފަހު ސެޕްޓެމްބަރު މަހު އަލުން ވަނީ ފަށާފަ އެވެ. މި ފިލްމު ނެރުމަށް ހަަަމަޖެހިފައިވަނީ ނޮވެމްބަރު މަހުުގެ 19 ވަަނަ ދުވަހުގަ އެވެ.