ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފި އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފަ އެވެ. ބޭސްފަރުވާ ކުރައްވަން ކޯޓުން ދިން ހަތަރު މަސް ތެރޭގައި، ރާއްޖެ ވަޑައިނުގެން އަލީ ވަހީދު އެދިވަޑައިގަތީ އޮންލައިންކޮށް އޭނާގެ ޝަރީއަތް ހިންގައިދޭށެވެ. އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށް ނިންމައި، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް އޭނާ އަށް ހަމަޖައްސައިދީފަ އެވެ.
ނަމަވެސް ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެކަމަށް ކަމަށް ބުނެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މީގެ ކުރިން ވިދާޅުވެފައި ވަނީ، އޮންލައިންކޮށް ޝަރީއަތް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީން އަލީ ވަހީދު ލަންޑަނުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ދިޔަކަން ކަށަވަރުކޮށްދެއްވީ ޕީޖީ އޮފީހުން އެދިވަޑައިގަތުމުންނެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރަނީ، އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ގޯނާއާ ގުޅޭ ހަތް ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ.
 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					