ރާއްޖެއަކީ މިނިވަން ދައުލަތެއް ކަމަށާއި ބޭރުގެ ގައުމެއްގެ ނުފޫޒު ދިވެހި ދައުލަތުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށާއި ސޯޝަލް މީޑިއާގައި އިންޑިއާ ދެކޮޅަށް ފާޅުކުރަމުންދާ ހިޔާލުތަކާ މެދުގައި ފިޔަވަޅު އެޅުމަށް އެދި އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. އަދި އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކަށް ބުރޫއަރާފަދަ ހަބަރު ނުފެތުރުމަށް މިޑީއާއަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރައްވާ ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އިންޑިއާ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އަދި އިންޑިއާ ދެކޮޅަށް މަސައްކަތް ނުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.
މިކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ދައުލަތުގެ ހިންގުމުގެ ތެރެއަށް ބޭރު ގައުމެއްގެ ނުފޫޒު ވަދެގެންނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ނޫހެއްގައި ނުވަތަ މަޖައްލާތަކުގައި ޝާއިއުކުރާ ލިތުންތައް ޤާނޫނާ ޚިލާފުވޭތޯ ކަނޑައަޅަންވާނީ ދިވެހިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުގެ މައި ޕާޓީގެ އެމްޑީޕީގެ އިސްފަރާތަކުން އޭރު ރާއްޖޭގައި ހަރަކާތްތެރިވި ޝަފީރުންނާއި އޮފިޝަލުނާ މެދުގައި އެފަދަ ވާހަކަ ދައްކާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. މީގެ އިތުރުން ރައީސް ނަޝީދަކީ ޗައިނާ ޝަފީރަށް އަބަދުވެެސް ފާޑުކިޔާ އެކިކަހަލަ ޓްވީޓް ކުރުމުގައި އުޅުންވާ ބޭފުޅެކެވެ.
ޖަމާޢަތުގައި ޤަދަރުނެތިދާށި މީހާ އަމާނާތް ތެރިއަކަށް ތެދުވެިނުވިއްޔާ.
މީގެކުރީގައި ހުރިކަންނޭންގިހުރި އަލީ އޭސީސީން ރެޑުނޯޓިސް ނެރުނުފަހުން އުޑުންބިމަށް އެއްމެދުވަހެއްވެސް ނޫސްތަކަށް ކޮއްމެވެސް މިންވަރެއްގެ މޮޔައެއްނުގޮވާދުވަހެއްނާދެއެވެ މިއީހިތާމޚުރަންޖެހޭކަމެއް
ޢަލީ އަށް ހައި ސެކިއުރިޓީ ދޭން ޖެހޭ! ދީނާއި ގައުމުގެ ހައްގުގަ ވަކާލާތު ކުރެއްވި މަރުހޫމް އަފްރާޝީމް އަވަހާރަ ކޮށްލެވުނު ދުވަސް ވަރަކީ މަޖިލީހުގައި ދީނާއި ގައުމުގެ ހައްގުގަ ކެރިގެން ބަސް ވިދާޅުވި ދުވަސްވަރެއް. މަޖިލީހުގެ ގިނަމެމްބަރުންނަކީ ފަސާދަޔަށް ތަރުހީބު ދީގެން ވިޔަސް އަމިއްލަ ޖީބު ބޮޑުކުރާ ޖާހިލު ބަޔެއް!