ދިރާގުން އެކުންފުނީގެ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތައާރަފް ކޮށްފި އެވެ.

ދިރާގުން ބުނީ ޖުލައި މަހުން ފެށިގެން މިއައި ބަދަލުތަކާއެކު މިހާރު ބިޒް ފައިބާ ޚިދުމަތުން ކުރިއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރުންނަށް ކުރެވޭނެ ކަމަށެވެ.

އެގޮތުން މި ގެނެވުނު ބަދަލާއިއެކު އިތުރު ހަރަދަކާ ނުލާ 40 ޕަސެންޓާއި 150 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ސްޕީޑް ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓްގައިވާ "ޕެކޭޖް ޗެކާ" އިން ބަލާވޭނެ އެވެ.

ދިރާގު ބިޒް ފައިބާ ޚިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ޚިދުމަތެވެ. އެގޮތުން ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށް ވެސް އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތަކެކެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި ވިޔަފާރިތަކަށް ފޯރުކޮށްދޭ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސް މެ އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވެ އެވެ.