ކޮލަމްބޯ (07 ޖުލައި) - ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ސްރީލަންކާއިން ރަނުން ހަދާފައިވާ ވަކި ލާރި ފޮއްޗެއް ހަދައިފި އެވެ.
ސްރީލަންކާގެ 1،000 ރުޕީސްގެ ރަމްޒަކަށް ހަދާފައިވާ މި ވަކިލާރި ފޮތި އަންނަ ހޯމަ ދުވަހު 222،000 ރުޕީސްއަށް ވިއްކާލަން ވަނީ ހަމަޖެހިފަ އެވެ.
މި ވަކިލާރި ފޮތި އުފެއްދީ ޗައިނާއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްް ދިނުމަށް އެގައުމުގެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް ބޭންކް އޮފް ސްރީލަންކާއިން ވަނީ ބުނެފަ އެވެ.
އެ ވަކިލާރި ފޮތީގެ އެއް ފަރާތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 100 އަހަރު ފުރުން ފާހަގަކޮށްފައިވާ އިރު، އަނެއް ފުށުގައި އެ ދެ ގައުމުގެ ދެމެދުގައި އޮތް 65 އަހަރުވީ ޑިޕްލޮމެޓިކް ގުޅުންތައް ދައްކުވައިދެ އެވެ.
ސްރީލަންކާއިން އެންމެ ފަހުން އުފެއްދި ރަނުގެ ވަކި ލާރިފޮތި އުފެއްދީ އިނގިރޭސިވިލާތުގެ އަޅުވެތިކަމުން އެ ގައުމު މިނިވަންވިތާ 65 އަހަރު ފާހަގަކުރުމުގެ ގޮތުން ނެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ސްރީލަންކާ އިން ވަނީ މާލީ އަދި ޑިޕްލޮމެޓިކްކަންކަމުގައި ޗައިނާގެ އެހީ އެކި ފަހަރުމަތިން ހޯދާފަ އެވެ.
މިއީ ސިޔާސީ ޕާޓީއެއްގެ ކަމެއްގައި ސްރީލަންކާއިން ރަނުގެ ވަކިލާރި ފޮއްޗެއް ހެދި ފުރަތަމަ ފަހަރެވެ. – ސްޓްރެއިޓްސް ޓައިމްސް