ފެނުއަޑީގެ ޑައިވިންއަށް ޚާއްސަކޮންގެން ތައްޔާރު ކޮށްފައިވާ ދުނިޔޭގެ އެންމެ ފުން ސްވިމިން ޕޫލް ދުބާއީގައި އާއްމުންނަށް ބޭނުން ކުރެވޭނެހެން ހުޅުވާލައިފި އެވެ.
މި ސްވިމިން ޕޫލްގައި ޑައިވަރުންނަށް 60 މީޓަރު އަޑިއަށް ފީނޭނެ އެވެ. އަޑިއަށް ގޮސްފައިވާ ސިޓީއެއްގެ ތީމަށް ހަދާފައިވާ މި ސްވިމިން ޕޫލްގައި ތަފާތު ގިނަ ރެކްރިއޭޝަން ހަރަކާތްތަކާއި ގޭމްތައް ކުރިއަށް ގެންދެވޭނެ އެވެ.
ދުނިޔޭގެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ދުބާއީއަކީ އެތަނުގައި ހަދާފައިވާ އިމާރާތްތަކާއި އެހެނިހެން ބިނާތައް ފާހަގަކޮށްލެވޭ މަންޒިލެކެވެ. މީގެ ތެރޭގައި ސްނޯ ސްކީ ޕާކުތަކާއި ވޯޓާ ޕާކުތަކުގެ އިތުރުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ ހިމެނެ އެވެ.
އޮލިމްޕިކްގައި ބޭނުންކުރާ ސްވިމިންޕޫލްތަކުގެ ހަ ޕޫލްއާ އެއްވަރުގެ މި ޕޫލްވަނީ ދުނިޔޭގައި މިހާތަނަށް ތައްޔާރުކުރެވިފައިވާ އެންމެ ފުން ސްވިމިންޕޫލްގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
މި ސްވިމިންޕޫލްގައި ފީނާއިރު، ސަންކަން ސިޓީއެއްގެ އިހްސާސް ގެނުވައިދޭއިރު، އެޕޫޫލްގައި ޑައިވަރުންނަށް ސްކޫބާ ޑައިވިންގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ.
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
އައްސާމް ކާރިސާ: އާއްމުންނަށް ކާތިކްގެ ދީލަތި އެހީއެއް!