ސައުތުގެ ފިލްމުތަކުގެ ސަޕޯޓަރުންނަށް އެއްފަހަރާ ލިބުނީ އުފާވެރި ދެ ހަބަރެވެ.

ދިގު އިންތިޒާރެއް ކުރަމުން އައި ދެ ފިލްމެއް ކަމަށްވާ އަޖިތްގެ "ވަލިމާއި"ގެ ޕޯސްޓަރާއި ފަސްޓު ލުކް އަދި އަކިލްގެ "އޭޖެންޓު"ގެ ޕޯސްޓަރު ވަނީ ދައްކާލައިފަ އެވެ.

އަޖިތް ކުމާރު ފެނިގެންދާ މޯޝަން ޕިކްޗަގެ ފިލްމު "ވަލިމާއި"ގެ މަސައްކަތްކުރާތާ ދެ އަހަރުވާން ކައިރިވެފައިވާއިރު، މި ފިލްމަކީ ޓަމިލްގެ އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމެވެ. މި ފިލްމުގައި އަޖިތް ފެނިގެންދަނީ ޕޮލިސް އޮފިސަރެއްގެ ރޯލްއިންނެވެ.

https://www.youtube.com/watch?v=pmVSnzKHAJU

މި ފިލްމު އުފައްދާކަން އިއުލާން ކުރީއްސުރެ އަޖިތްގެ ސަޕޯޓަރުން ދަނީ ވެލަމާއިއަޕްޑޭޓްގެ ހޭޝްޓެގް ބޭނުންކޮށްގެން ފިލްމުގެ އަޕްޑޭޓް ބޭނުންވާ ކަމަށް ބުނަމުންނެވެ.

އެޗްވިނޯތް ޑައިރެޓްކޮށް، ބޯނީ ކަޕޫރު ޕުރޮޑިއުސްކުރާ މި ފިލްމުން ހުމާ ކުރޭޝީ، ކާރްތިކެޔަ ގުމަ ކޮންޑާ، ޕާލް މޭނީ އަދި ޔޯގީ ބާބޫ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ. ފިލްމު އުފައްދާ ފަރާތުން މި ފިލްމު ދިވާލީއަށް ރިލީސްކުރުމަށް ބޭނުންވެފައި ތިބި އިރު އަދި ތާރީހެއް ހަމަޖެހިފައި ނުވެ އެވެ.

އޭޖެންޓުގެ ޕޯސްޓަރ

އަކިލް އަކިނޭނީ ވަނީ އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލު ކުރިއަށް ފިލްމު "އޭޖެންޓު"ގެ ޕޯސްޓަރުން ދައްކާލާފަ އެވެ.

އަކިލް ބުނިގޮތުގައި އޭނާގެ ހަށިގަނޑަށް މިހާބޮޑު ބަދަލު ތަކެއް ގެންނަން އެންމެ އެހީތެރިވީ ފިލްމުގެ ޑައިރެކްޓަ ސުރެންދުރަ ރެޑީ އެވެ. މި ފިލްމުގެ މަސައްކަތް ހޯމަ ދުވަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.