މަޝްހޫރު ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީގެ އިންސްޓަގްރާމް އެކައުންޓް ހުޅުވިތާ މަދު ގަޑިއިރެއްގެ ތެރޭގައި 4.8 މިލިއަން ފޮލޯވާސް ލިބިއްޖެ އެވެ.

އދ.ގެ ރެފިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އެމްބެސެޑަރު އެންޖެލީނާ ޖޯލީ އިންސްޓަގްރާމް އެކައުންޓް ހުޅުވުމަށް ފަހު ފުރަތަމަ ވެސް އޭނާ ހިއްސާ ކޮށްފައި ވަނީ އަފްގާނިސްތާނުގެ އަންހެން ކުއްޖެއްގެ ސިޓީއެކެވެ. މި ޕޯސްޓަށް ވެސް 17 ގަޑިއިރުގެ ތެރޭގައި 1.8 މިލިއަން ލައިކް ލިބިފައިވެ އެވެ.

އެންޖެލީނާ ހިއްސާކޮށްފައިވާ މި ސިޓީގައި އަންހެން ކުއްޖާ ވަނީ މިވަގުތު އަފްގާނިސްތާންގެ ހާލާތު ބަޔާން ކޮށްދީފަ އެވެ.

އެ ސިޓީ ހިއްސާ ކުރަމުން އެކްޓްރެސް ވަނީ "މި ސިޓީއަކީ އަފްގާނިސްތާންގެ ޒުވާން އަންހެން ކުއްޖެއް އަހަރެންނަށް ފޮނުވާފައިވާ ސިޓީއެއް. އަފްގާނިސްތާންގެ ހާލާތު ހުރި ގޮތުން މި ވަގުތު ސޯޝަލް މީޑިއާ އަދި އެހެންވެސް ގޮތަކަށް ވެސް އެ މީހުން ބޭނުންވާ ގޮތް ބުނެދެވޭނެ ބާރެއް ނެތް. އެހެންވެ އަހަރެން މުޅި ދުނިޔޭގައި އިންސާނިއްޔަތަށްޓަކައި އެކިއެކި ފަރުދުން އިއްވާ އަޑާއި އެ މީހުންގެ ވާހަކަ ގެނެސްދިނުމަށް އިންސްޓަގްރާމްއައް މިއައީ" ލިޔެފަ އެވެ.

https://www.instagram.com/p/CSzXXUHLzXt/

އެންޖެލީނާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި އޭނާގެ ހިޔާލު ވެސް އަފްޣާނިސްތާންގެ މައްސަލައިގައި ވަނީ ހިއްސާކޮށްފަ އެވެ.

އެންޖެލީނާ ވަނީ އަފްގާނިސްތާން ރައްޔިތުންނަށް މިއަށްވުރެ މާ ރަނގަޅު ގޮތެއް ފެންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އެހީވެވޭނެ އިތުރުގޮތްތައް ހޯދައިގެން އެހީވެދޭނެ ކަމަށާ މިކަމުގައި އެއްމެން ވެސް އެއްބާރުލާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެންޖެލީނާ މިވަގުތު ފޮލޯ ކޮށްފައި ވަނީ "ނޭޝަނަލް އެޝޯޝިއޭޝަން ފޯ ދި އެޑްވާންސްމެންޓް އޮފް ކަލާޑް ޕީޕަލް (އެންއޭއޭސީޕީ)" އާއި މެޑިކަލް އެންޖީއޯ "ޑޮކްޓާސް ވިތްއައުޓް ބޯޑާސް" އަދި ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ރެފިއުޖީސް" އެކަންޏެވެ.