ކޮލަމްބޯ (23 އޮގަސްޓް) - ސްރީލަންކާއަށް ކޮވިޑް -19ގެ ނުރައްކާތެރި ރާޅެއް ކުރިމަތިވެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އިންޑިޔާގެ އަސްކަރީ މަނަވަރު ޝަކްތީ 100 ޓަނުގެ މެޑިކަލް އޮކްސިޖަންއާއެކު ސްރީލަންކާގެ ކޮލަމްބޯއަށް ބަނދަރު ކޮށްފި އެވެ.
އިންޑިއާގެ އެހީއާއެކު މަނަވަރު ކޮލަމްބޯއަށް ބަނދަރު ކުރިއިރު އިސްތިގްބާލުގައި އެގައުމުގެ ޕޯޓްސް މިނިސްޓަރު ރޮހިތަ އަބޭގުނަވަރުދަނަ ވަޑައިގެން ހުންނެވި އެވެ.
އޭނާ ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސްރީލަންކާއިން ކުރާ މަސައްކަތުގައި އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާގެ މި އެހީތެރި ކަމަކީ ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެދިލެއްވި އެހީގެ އެދިލެއްވުމަކަށް އިންޑިއާ ސަރުކާރުން ދިން އެއްބާރުލުން ކަމުގައި ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޗެންނާއީއިން ފުރައިގެން 40 ޓަނުގެ މެޑިކަލް އޮކްސިޖަންއާއެކު އިތުރު އެހެން މަނަވަރެއް ވެސް ކޮލަމްބޯއަށް ބަނދަރު ކޮށްފައިވާއިރު އެ މަނަަވަރުން މުދާ ބޭލުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް 400 މިލިއަން ޑޮލަރުގެ ސިއްހީ އާލާތްތަކުގެ އެހީއެއް ސްރީލަންކާއަށް ފޮނުވާފަ އެވެ.
ސްރީލަންކާގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާއިރު ސަރުކާރުން ވަނީ 10 ދުވަހުގެ ފުރަބަންދެއް އިއުލާންކޮށްފަ އެވެ. މިއާއެކު އެ ގައުމުގެ ހޮސްޕިޓަލުތައް ފުރި އޮކްސިޖަންއަށް އޮތް ޑިމާންޑް ވަނީ 30 ޕަސެންޓް އިތުރުވެފަ އެވެ. -- ދަ ހިންދޫ
ލަންކާ ނޭދުނަސް އިންޑިޔާގެ ހަންފަތުރަން އެހީ ދޭނެ، އިންޑިޔާ އުޅެނީ އަވައްޓެރި ޤައުމުތަކަށް އައްގަދަކުރަން !