ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި ދައުރުވާ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދޭ ހޯމޯން ކަމަށްވާ އިންސިއުލިން ހަށިގަނޑަށް ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ނުވަތަ އިންސިއުލިންގެ ބާުރު ދަަށްވުމުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު މައްޗަށް ގޮސްގެން ކުރިމަތިވާ ހާލަތެކެވެ.

ދިވެހިންގެ މެދުގައި ހަކުރު ބަލީގެ ނަމުން އާއްމުވެފައިވާ މި ބަލިމަޑުކަމަކީ މި މުޖުތަތައުގައި ވެސް ވަރަށް ގިނައިން ފެންނަ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ގިނަ ބައެއްގެ ސިއްހަތަށް އަސަރު ކުރާ ބައްޔެކެވެ. މި ލިޔުމުގައި މި ބަލާލަނީ ޓައިޕް 2 ޑައިބެޓީސް ކޮންޓްރޯލްކުރަން ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ފިނިހޫނުމިން އެއްވަރެއްގައި ބެހެެއްޓުން

ހަށިގަނޑުގެ ނުވަތަ ވަށައިގެންވާ މާހައުލުގެ ހޫނުމިން ގަދަވުމަކީ ލޭގެ ހަކުރުގެ މިންވަރު މަތިވާން މެދުވެރިވާކަމެކެވެ. އެހެން ކަމުން ވައި ދައުރުވާ ފަދަ އައންނައުނު ލުމާއި މާހައުލުގެ ހޫނު ގަދަވާނަމަ އެއާ ކޮންޑިޝަންގެ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ހަމައަށް ނިދުން

ރަނގަޅަށް ނިދި ނުލިބޭނަމަ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުމުގެ އިތުރުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ވެސް އިތުރު ކޮށްދެ އެވެ. އެހެން ކަމުން ނިދުމަށް އަސަރު ކޮށްފާނެ ހުރިހާ ކަމަކުން ނިދާ ގަޑީގައި ދުރުވުން މުހިއްމެވެ.

ގިނައިން ފެން ބުއިން

ޓައިޕް 2 ޑައިބެޓީސް ހުންނަ ނަމަ ހަށިގަނޑުން ފެން ހިއްކާލެއް އަވަސްކޮށްދެ އެވެ. މިކަމުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު ދަށްވެ މީހާގެ ވަރު ދަށްކޮށްދެ އެވެ. ފެން ބޮވަންދެން މަޑުނުކޮށް ވަގުތުތަކެއް ކަނޑައަޅައި އެ ވަގުތު ތަކުގައި ފެންބޯން އާދަ ކުރާށެވެ.