ރާއްޖެއިން މިއަދު ވެސް އިތުރު 165 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 51 މީހުންނާއި، އެކި ރަށްރަށުން 103 މީހުންނާއި ރިސޯޓުތަކުން 11 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 82،264 އަށް އަރާފަ އެވެ.
ކޮވިޑަށް މިވަގުތު ފަރުވާ ހޯދަނީ 2،117 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 227 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 79،7907 އަށް އަރާފަ އެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 227 މީހުން ވަނީ ނިއާވެފަ އެވެ.
ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ވާހަކަދައްކާއިރު ސަމާލުވާންޖެހޭ
ވިލްއަށް ކުރެވުނު ޖިންސީ ގޯނާގެ ދައުވާ ކޯޓުން ބޭރު ކޮށްލައިފި
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!