ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖެއިން ފުރިހަމަކުރި މީހުންގެ އަދަދު 315،029 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު ވެކްސިން އަލަށް 1،019 މީހަކު ވަނީ ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ވެކްސިން ފުރިހަމަކުރި 1،019 މީހުންނަކީ ހަމައެކަނި އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 315،029 އަށް އަރާފަ އެވެ.

މާލެ ސަރަހައްދުގައި ހުކުރު ދުވަހު ވެކްސިން ޕްރޮގުރާމެއް ނުހިންގަ އެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިން ދޭން ފަށައިފަ އެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.