ރާއްޖެއިން އިތުރު 120 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު 83،070 އަށް އަރައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4729 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު އޭގެ ތެރެއިން 120 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 45 މީހުންނާއި، އެކި ރަށްރަށުން 69 މީހުންނާއި ރިސޯޓުތަކުން 14 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 83،070 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،881 މީހުންނެވެ. މިހާތަނަށް 80،949 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 227 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.