ތަފާތު ކުލަަތަކުން މީހާގެ މޫޑަށް ބަދަލު އަންނަ ވާހަކައަކީ ވަރަށް އާއްމުކޮށް ދެކެވޭ ވާހަކަ އެކެވެ. މި އުސޫލުގެ މަތިން ތިބާ ލާ ހެދުމެއްގެ ކުލައިން ވެސް އެ ދުވަހަކު ތިބާގެ މޫޑު ހުންނަ ގޮތް އަންދާޒާ ކުރެވެ އެވެ.

ދުވަސް ފަށާއިރު ގޯސް މޫޑެއްގައި ހުރިނަމަ ރީނދޫ ކުލައިގެ ހެދުމެއް ބޭނުން ކުރާށެވެ. އެ ކުލައިގެ އަލިން ތިބާގެ މޫޑު ރަނގަޅުވެ އުފާވެރިކަން ގެނެސްދޭނެ އެވެ.

އޮފީހުގައި މާބުރަކޮށް އުޅެންޖެހޭ ދުވަހެއްނަމަ ފެހިކުލައިގެ ހެދުމެއް ރަނގަޅު ވާނެ އެވެ. ގުދުރަތީ ރީތުކަމާ ގުޅިފައިވާ މި ކުލައިން ރޭވުންތެރިކަމާއެކު ހަމަޖެހިގެން ދުވަސް ކުރިއަށް ގެންދިއުމަށް އެހީވެދެ އެވެ.

ހެލިފެލިވެ ހަރަކާތްތެރިވެ އުޅެންޖެހޭ ދުވަހެއްގައި އޮރެންޖް ކުލައަކީ ބޭނުންކުރުން ރަނގަޅު ކުލައެކެވެ. މިއީ ދުވަހުގެ ތެރޭގައި ތިބާގެ ހަށިގަނޑުގައި ވަރުޖައްސައިދީ ހަރަކާތްތެރިވެ އުޅުމަށް ބާރު ލިބިދޭ ކުލައެކެވެ.

ނޫކުލައަކީ ހިތް ހަމަޖެހުމާއި ހަމަހިމޭންކަން ގެނެސްދޭ ކުލައެކެވެ. އެހެންކަމުން ހަމަހިމޭންކަމާއި މަޑުމައިތިރި ކަމާއެކު ދުވަސް ހޭދަކުރަން ބޭނުންވާ ނަމަ ނޫ ކުލައިގެ ހެދުމެއް އިިޚްތިޔާރު ކުރާށެވެ.

ހުދުކުލައަކީ އެންމެންނަށް ވެސް ކަމުދާ ކުލައެކެވެ. ހުދުކުލައިގެ ހެދުމެއް ލައިފިނަމަ މައުސޫމުކަން ދައްކުވައިދީ ހެދުމައެކު ބޭނުންކުރާ ގަހަނާތައް ބޮޑަށް ފާޅުވާނެ އެވެ.