ކެންސަރަކީ ދުނިޔޭގައި އެންމެ ގިނައިން ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ.
ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މީހުންނެއް މި ބަލީގައި މަރުވަމުންދާއިރު، އެނގެން ޖެހޭކަމަކީ މި ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު އެއް ކަމަކީ ދިރިއުޅުމުގެ އާދަތަކާއި ކެއިން ބުއިމުގެ އާދަތައްކަމެވެ.
މި ލިޔުމުގައި މި ބަލާލަނީ ކެންސަރު ބަލިން ރައްކާތެރިވެ ތިބުމަށް އެހީވެދޭ އަދި ކެންސަރު ޖެހިފައިވާނަމަ ބަލީގެ ފަރުވާގެ ގޮތުގައި ކުރެވޭ ކީމޮތެރަޕީއިން ހަށިގަނޑަށް ކުރާ އަސަރުތައް ކުޑަކޮށްދޭ ބައެއް ކެއުންތަކަށެވެ.
ގްރީން ޓީ
ގްރީން ޓީގައި އެކުލެވޭ އެކްޓިވް އިންގްރީޑިއަންޓް އީޖީޖީޖީއަކީ ހަށިގަނޑުގައި އުފެދޭ ކެންސަރުގެ ސެލްތައް ނައްތާލުމަށް އެހީވެދޭ މާއްދާ އެކެވެ. މީގެ އިތުރުން މިއީ އެންޓި އޮކްސިޑަންޓްސް ވެސް ގިނަ އަދަދަކަށް އެކުލެވޭ ބުއިމެކެވެ.
މޭބިސް ކަދުރު
މޭބިސް ކަދުރަށް ރަތްކަން ގެނުވައިދޭ ރެސްވެރަޓްރޯލް ނަމަކަށް ކިޔާ މާއްދާއަކީ ކެންސަރު ސެލްތަކުގެ ބާރު ދަށްކޮށްދޭ އެންޓި އޮކްސިޑަންޓް އެކެވެ.
ބޮނޑިކޮށް ހެދޭ ތަރުކާރީ
ބްރޮކޮލީ، ކޯލިފްލާވާ އަދި ކެބެޖް ފަދަ ބޮނޑިކޮށް ހެދޭ ފެހި ތަރުކާރީއަކީ ކެންސަރުގެ ސެލްތައް ނައްތާލަން އެހީވެދޭ މާއްދާއެއް ކަމަށްވާ ސަލްފޮރަފޭން ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެކެވެ.
ލޮނުމެދު
ލޮނުމެދު ކެއުމުން އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރިކުރުވާ އެލިސިން މާއްދާއަކީ ކެންސަރަށް މަގުފަހިވާ ކަންތައްތައް ހަށިގަނޑުން ނައްތާލަދޭ މާއްދާއެކެވެ.
އިނގުރު
ދިރާސާތަކުން ދައްކާ ގޮތުގައި އިނގުރަކީ އުރަމަތީގެ ކެންސަރުގެ ސްޓެމް ސެލްތެއް ނައްތާލަދޭ ކެއުމެކެވެ. އިނގުރު ކެއްކުމުން ނުވަތަ ހިއްކުމުން ނުކުންނަ މާއްދާތަކަކީ ކެންސަރުގެ ފަރުވާއަށް އެހީވެދޭ މާއްދާތަކެކެވެ.