މިދިޔަ އަހަރުގެ މާޗްގައި ރިލީޒް ކުރަން އުޅުނު އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރު މަހު ސިނަމާގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕޮރޮޑަކްޝަނާއި ގުޅިގެން ރޯހިތު އުފައްދާފައިވާ "ސޫރިޔަވަންޝީ" ސިނަމާތަކުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ އިންޑިއާގައި ފާހަގަކުރާ ދީވާލީއާ ދިމާކޮށް ނޮވެމްބަރު ފުރަތަމަ ހަފުތާގަ އެވެ.

މިފިލްމުގައި އަކްޝޭ އާއެކު މިފިލްމުގައި ފެނިގެންދާނީ ކެތުރީނާ ކެއިފުގެ އިތުރުން ޖާވިދު ޖެފްރީ، ގުލްޝަން ގްރޯވާ، ކުމުދު މުޝްރާ، އަބީމަނިޔު ސިންގް، ވިވާން ބަޓޭނާ، ސިކަންދަރު ކޭރު އެވެ.

މި ފިލުމުން ހާއްސަ ފެނިލުމަކުން ބާޖިރާއޯ ސިންގަމް ގެ ގޮތުގައި އަޖޭ ދޭވްގަން އަދި ސަންގްރަމް ބަލޭރާއޯ ނުވަތަ ސިމްބާގެ ގޮތުގައި ރަންވީރު ސިންގް ފެނިގެން ދާނެ އެވެ.

https://www.youtube.com/watch?v=u5r77-OQwa8

ރޯހިތްގެ ކޮޕް ޔުނިވާސްގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑުތަރުހީބެއް ލިބެމުންދާ ފިލްމުތަކެކެވެ.

"ސޫރިޔަވަންޝީ" ނޮވެމްބަރު މަހު ގެނެސްދޭން ނިންމީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ މަހާރަޝްތުރާގެ ހުރިހާ ސިނަމާތަކެއް އަންނަ މަހުގެ 22 ގައި ހުޅުވަން ނިންމުމާ ގުޅިގެންނެވެ.

"ސޫރިޔަވަންޝީ" ނޮވެމްބަރުގައި ގެނެސްދޭން ނިންމި އިރު، ކުރިއަށްވެސް އަކްޝޭގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރުމަށް އެބަހުރި އެވެ. އެގޮތުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ތާރީހީ ބޮޑު ފިލްމު "ޕްރިތުވީރާޖް" އަކްޝޭ ފެނިގެންދާއިރު އެފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރު އެވެ.