ފުވައްމުލައް ސިޓީގައި މަސްތުގެ ހާލަތުގައި ހުރެ ކާރެއް ދުއްވައި ސައިކަލެއްގައާއި އެހެން ކާރެއްގައި ޖައްސައި އެކްސިޑެންޓްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ، މިސްކިތްމަގު، އަންދާޒު، އަހުމަދު އަައުނުﷲ، 35، އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ބުނިގޮތުގައި އިއްޔެ އިރުއޮއްސި ހައެއް ޖެހިިއިރު ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ވަނީ ކުޑަ އަންހެން ކުއްޖަކާއެކު އަންހެނަކު ދުއްވަމުން އައި ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލާފަ އެވެ. އެއަށްފަހު މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގައާއި ރުކެއްގައި ވެސް ވަނީ ޖައްސާފަ އެވެ.
ފުލުހުންގެ މުއައްސަސާއިން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކާރު ދުއްވަން ހުރި އަައުނުﷲ ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި މި އެކްސިޑެންޓްތައް ހިންގާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާގައި އެކްސިޑެންޓްވި ދެ ކާރަށާއި ސައިކަލަށް އެކި ވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. ފުލުހުން އަންނަނީ މިއީ ނުރައްކާތެރިކޮށް ދުއްވައި، އާންމުންގެ މުދަލަށް ގެއްލުންދީ، ބިރުދެއްކި މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
މުވައްޒަފުން ވަކިކުރަނީ ސިޔާސީ ކަމެއްގައި: ސިޓީ ކައުންސިލް
"އަސްލު ދުޝްމަނާ" ދެކޮޅަށް ތެދުވުމަށް ހާމަނާއީ ގޮވާލައްވައިފި
އެކްސިޑެންޓެއްގައި 9 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް
