މިއަހަރުގެ ޖުލައި މަހު ލިބުނު ކަރަންޓު ބިލު ބޮޑުވި މައްސަލަ ބަލައި ބިލު ބޮޑުވި ސަބަބުތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ހާމަކޮށްފި އެވެ.
މިދިޔަ ޖުލައި މަހު ކަރަންޓު ބިލު ބޮޑުވި މައްސަލަ ބެލުމަށް ފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައިވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކެއް ކަމަށެވެ. ނަމަވެސް އެ ބިލު ފޮނުވީ ޖުލައި މަހުގެ ފަހުކޮޅު ކަމަށް ވުމުން، އީދު ބަންދުގެ މުއްދަތު އޭގައި ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން އީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީން ބުނީ ބިލުތަކުން ތަފާތު ދައްކަނީ ޖޫން މަހު ދިން ޑިސްކައުންޓް ޖުލައި މަހު ލިބުނު ބިލުގައި ހިމަނާފައި ނުވާތީ ކަމަށެވެ.
ސްޓެލްކޯ އިން ޖުލައި މަހުގައި ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ބޮޑުވެފައި ހުރިކަމުގެ ޝަކުވާ ނޫސްތަކާއި ސޯޝަލް މީޑިއާއިން އެއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައި ވާތީ މިއަހަރުގެ ޖުލައި މަހުގެ 30 ގައި އެ މައްސަލަ އެ އޮތޯރިޓީން ބަލަން ފެށިގެ އެވެ.
މިދިޔަ ޖުލައި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ.
ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ފެންނަނީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށެވެ.
ތިމާވެށި މިނިސްޓަރޭ ތަމެންގެ މިނިސްޓަރު ކަމުގައި ތަމެން އެމެރިކާ އަށް އައިފޯން ގަންނަން ކުރި ދަތުރު ޚަރަދު ދަމައިގަންނަނީ އެއީ ޖުލައި މަހުގެ ކަރަންޓް ބިލް ބޮޑު ކޮށްގެންތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަަހަށް ދޭބަލަ ކޯއްޗެކޭ ކްލައިމެޓް ޗޭންޖޭ ބޮޑު އެއް ކްލައިމެޓް ޗޭންޖް އޮންނާނީ ކްލައިމެޓް ޗޭންޖް ގައި އޮތީ އެންމެ ޗޮއިސް އެއް އެއީ ރާއްޖެތެރޭ ހުރިހާ އެއްޗެހި ތައް މާލެ ސަރަހައްދަށް ބަދަލު ކުރަން މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅެއް ހިއްކާލާ އެމެންނަށް ގޯތި ދިނުމޭ އިނގޭތޭ
ކުރިން ދެމުންއައި މުސާރަޔާއި އިނާޔަަތްތައް ހަމަނުކޮށް ދެމުން އައިސަބްސިޑީ ކަނޑާލުމަކީ ވަރަށް ރަޙްމު ކުޑަކޮށްފައިވާ ކަމެއް. ބަލަ ބައެއްގެ އަތްމައްޗައް ބޮޑު ޕްރޮޖެކްޓްތައް ކަޓް ނެގޭ ގޮތަށް ލިބުނަސް އާއްމު ރައްޔިތުންނަށް ލިބެނީ ހަމަ ވަރަށް ކުޑަ ކުޑަ މުސާރައެއް އެކަން ނޭނގޭ ކަމީ ހައިރާންވާވަރުގެ ކަމެކޭ މިދަންނަވަނީ