ފެޝަންއަކީ ވަގުތާއެކު ބަދަލުވާ ކަމެކެވެ. ކޮންމެ އަހަރަކު ވެސް ފެޝަންއަށް އަންނަ ބަދަލުތަކަކީ ފާހަގަ ކުރެވޭ ބަދަލުތަކެކެވެ. މި ލިޔުމުގައި މި ބަލާލަނީ 2021 ވަނަ އަހަރު އެންމެ މަގުބޫލު ބައެއް ފެޝަން ޓްރެންޑްތަކަށެވެ.

ހުޑީސް

ފޮޓޯ: ގެލަރީ

ބޮލާ އެއްކޮށް ނިވާކުރެވޭ ހުޑީސްއަކީ 2021 ވަނަ އަހަރު އަލުން ފެޝަނަށް އައި ހެދުންތަކެކެވެ. މި ހެދުންތަކާއެކު އޯވާކޯޓު ބޭނުންކުރުން ވެސް މިހާރު ވަނީ އާއްމުވެފަ އެވެ.

އޯވާސައިޒްޑް ބޮމްބާ ޖެކެޓް

ފޮޓޯ: ގެލަރީ

ހަށިގަނޑުގެ ސައިޒަށްވުރެ ބޮޑުކޮށް ބޭނުންކުރާ މި ރަބަރު ޖެކެޓުތަކަކީ އަންހެނުންގެ މެދުގައި މަގުބޫލު ފެޝަނެކެވެ. މިއީ ހަވީރު ފިންޏަށް ބޭނުންކުރަން ރަނގަޅު "ކެޝުއަލް" ހެދުމެކެވެ.

ބޮހޭމިއަން ފްލޯރަލް ހެދުންތައް

ފޮޓޯ: ގެލަރީ

މާޖެހި ފޮތީގެ ހެދުންތަކަކީ މިހާރަކަށް އައިސް ވައިގައި ހިފާފައިވާ ފެޝަނެކެވެ. ހަވީރުލާ ޓޮޕްކޮޅުތަކުން ފެށިގެން ރަސްމީ ހަފްލާތަކަށް ދާ ހެދުންތަކުން ވެސް މި ފެޝަން އާއްމުކޮށް ފެނެ އެވެ.

ޖަމްޕްސޫޓް

ފޮޓޯ: ގެލަރީ

އާއްމުކޮށް ޑެނިމް ފޮތިން ފަހާފައި ހުންނަ ޖަމްޕް ސޫޓަކީ ޒުވާނު އަންހެނުންގެ މެދުގައި ވަރަބށް މަޝްހޫރު ޓްރެންޑެކެވެ. މިއާއެކު ސްނިކާސް ބޫޓާއި ޓޯޓް ދަބަހެއް ބޭނުން ކުރެވިދާނެ އެވެ.

ޕަފްޑް ސްލީވްސް

ފޮޓޯ: ގެލަރީ

މިއީ ހަވީރީ ހެދުންތަކުގައި ވަރަށް އާއްމުކޮށް ފެންނަ ޑިޒައިނެކެވެ. ފުއްޕި އަތްކުރިއާއެކު ހެދުންތަކަށް ތަފާތު ރީތި ސްޓައިލެއް ގެނެސްދެ އެވެ.

ޓައިގާ ޕްރިންޓް

ފޮޓޯ: ގެލަރީ

ދެހާހުގެ ކުރީކޮޅު ވައިގައި ހިފުމަށްފަހު ފަނޑުވެފައި އޮތް ޓައިގާ ޕްރިންޓް މިވަނީ އަލުން ފެޝަންއަށް އައިސްފަ އެވެ. މިހާރު ފެޝަން ބްރޭންޑްތަކުގެ އެންމެ މަގުބޫލު ޑިޒައިންތަކުގެ ތެރޭގައި ހިމެނޭ ޑިޒައިނެކެވެ.