ދިމިޝްގު (01 އޮކްޓޯބަރު) - ސީރިއާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެ ހޮސްޕިޓަލުތަކަށް ބާރުބޮޑުވާން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.

އެގޮތުން ހާލަތު ގޯސްވެފައިވާ ބައެއް ސަރަހައްދުތަކުގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއާއި އެކަށީގެންވާ ބޭސްފަރުވާ އާއި ވެކްސިން ފަދަ ސިއްހީ ވަސީލަތްތައް މަދެވެ.

ސީރިއާ ހަނގުރާމައިގެ އަސަރު ކޮށްފައިވާ ތިން މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުދޭ އިދްލިބްގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވަނީ 1،000 ން މައްޗަށް އަރައިފި އެވެ.

މީގެ އިތުރުން އެ ގައުމުގެ ހުޅަނގު އުތުރު ސަރަހައްދުގައި ކޭސްތައް ފެންނަ މިންވަރު 144 ޕަސެެންޓް އިތުރުވެފައި ވާއިރު އެބަލީގައި އެ ސަރަހައްދުން އެކަނި ވެސް 1،151 މީހުން މަރުވެފައިވެ އެވެ.

ކުރްދިޝް ސަރުކާރެއް ހިނގުމުން އަންނަ ސީރިއާގެ އިރު ދެކުނުގައި ވެސް ކޭސްތައް އަންނަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ސޭވް ދަ ޗިލްޑްރެންގެ ސީރިއާ ރެސްޕޮންސްގެ ޑިރެކްޓަރު ސޯނިއާ ހުޝް ބުނީ ކޮވިޑްގެ ސަބަބުން ގެއްލޭ ކޮންމެ ފުރާނައަކީ ވެސް ބޮޑު ގެއްލުމެއް ކަމަށާއި މި ހާލަތުގައި މުޅި ދުނިޔޭގެ އެހީތެރިކަން ސީރިއާއަށް ބޭނުންވާ ކަމަށެވެ.

ސީރިއާގެ ހެލްތު މިނިސްޓްރީން ވަނީ ދިމިޝްގާއި އެނޫން ވެސް ބޮޑެތި އަވަށުތަކުގެ ހޮސްޕިޓަލުތައް ފުރި، އޮޕަރޭޓް ކުރަމުން ދަނީ ފުލް ކެޕޭސިޓީގައި ކަމަށް މިދިޔަ ހަފްތާގައި ބުނެފަ އެވެ. – އަލް އަރަބިއްޔާ