މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިގާލީ މަގާމުތަކަށް މެމްބަރުން އިންތިހާބު ކޮށްފި އެވެ.

އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުމުން އިއްޔެ ބާއްވާފައިވާއިރު އެޕާޓީގެ އިންތިގާލީ މަގާމުތަކަށް މެމްބަރުން ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.

އެ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އިންތިހާބަކާއި ނުލައި ހޮވިފަ އެވެ. އަދި އެ ޕާޓީއިން ހަ ނައިބު ރައީސުން އައްޔަން ކޮށްފައިވާއިރު އިންތިޚާބަކާ ނުލައި ހަތަރު ނާއިބު ރައީސުން ވަނީ ހޮވިފަ އެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދެކުނު ރީޖަނަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ.

ނާއިބު ރައީސް ކަމަށް އިންތިހާބުވި ދެ ބޭފުޅުންނަކީ މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއާއި، މިރުފަތު އިސްމާއީލް ޝަފީގު އެވެ. އަންހެނުންގެ ގޮފީގެ ރައީސްކަމަށް އިންތިޚާބު ވެފައި ވަނީ ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ. މީގެ އިތުރުން އެޕާޓީގެ އިންތިގާލީ އެކި މަގާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފަ އެވެ.

އެމްއެންޕީ އުފެއްދުމަށް ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ދިދައާއި ލޯގޯއާއި ކުލައާއި، ވަގުތީ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފަ އެވެ.

އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ގެންދިއުމެވެ.