ކޮވިޑް ބަލީގައި އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 86 އަހަރުގެ މީހަކު ރޭ 12:10 ގައި މަރުވެފައިވާ ކަމަށެވެ. މިމަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 241 އަށް އަރާފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 149 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން، 22 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި
މުޅިން އާ ވާހަކައަކާއެކު "ޕްރިންސަސް ޑައިރީސް 3" އަންނަނީ!
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި