ކޮވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލި މަންޓާ އެއާއިން ދ.ކުޑަހުވަދޫއަށް ކުރަމުން އައި ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި ހަފްތާއަކު ހަތަރު ދަތުރު އެ އެއާލައިނުން ކުރަން ވަނީ ނިންމައިފަ އެވެ. އަދި ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައްކުގެ އަދަދު އިތުރުކުރާނެ ކަމަށް ވެސް މަންޓާ އެއާއިން ބުންޏެވެ.
ކޯވިޑާ ގުޅިގެން މިދިޔަ މާޗް މަހު އެ އެއާލައިނުން ދަތުރުތައް ހުއްޓާލިއިރު، ކުޑަހުވަދޫގެ އިތުރުން ގއ. ކޫއްޑޫއަށާއި ބ. ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތަކެއް ކުރި އެވެ.
މަންޓާ އެއާގެ ދަތުރުތައް ފަށާފައި ވަނީ 2018ވަނަ އަހަރު އެވެ. އެ އެއާލައިނުން ސީޕްލޭންގެ ހިދުމަތް ދިނުމަށް ވެސް ހަ ބޯޓެއް ގެނެސްފައިވެ އެވެ.
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް