ކޮފީއަކީ ޔަގީނުން ވެސް ދިރިއުޅުމުގެ އެއްބަޔެވެ. ހާއްސަކޮށް ޒުވާނުންނަށެވެ. ކޮންމެ ދުވަހަކު ދެތިން ފަހަރު ރައްޓެހިންނާއެކު ކޮފީއަށް ނުދާ މީހަކު މަދުވާނެ އެވެ. އެހެންކަމުން ކޮފީ ބުއިމުން ހަށިގަނޑަށް ކުރާ ބައެއްފައިދާ ހިމަނާލާނަމެވެ.
ޑިޕްރެޝަން އަކީ އާންމުކޮށް އެންމެނަށް ދިމާވާ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންނަށެވެ. ދުވާލަކު 2-4 ތަށި ކޮފީ ބޭނުން ކުރުމުން ހާސްވެ ކަންބޮޑުވާ މިންވަރު 20 ޕަސެންޓަށް ދަށްކޮށްދެ އެވެ. ޑިޕްރެޝަންގެ ސަބަބުން އަމިއްލައަށް މަރުވުމަށް ނުވަތަ ހަށިގަނޑަށް ގެއްލުން ދޭ މީހުން މަދެއް ނޫނެވެ. އެހެން ކަމުން ގަވައިދުން ކަޅު ކޮފީ މިފަދަ ހިޔާލުތަކުން ދުރުވާކަމަށް ދިރާސާތަކުން ދައްކަ އެވެ.
ކޮފީއަކީ ދަނޑުވެރިކަމުން ހައްދާ އެއްޗަކަށްވުމުން ކެއުމުގައި ބޭނުންކުރާ ތަރުކާރީން ލިބޭފައިދާ ކޮފީންވެސް ލިބެ އެވެ. ކޮފީއަކީ ވިޓަމިން ގިނަ އަދަދަކަށް ހިމެނޭ އެއްޗަކަށްވާއިރު ދުވާލަކު އެއްތަށި ކޮފީ ބޭނުން ކުރުމުންވެސް ހަށުގަނޑަށް ބޭނުންވާވަރަށް ބީ2، ބީ3، ބީ1، އަދި ބީ5 ލިބެއެވެ.
ކޮފީ ހަމަ އެކަނި ފައިދާ ކުރަނީ ހަށިގަނޑަކަށް ނޫނެވެ. ހާއްސަކޮށް ހަނދާން ބަލި މީހުންނަށް ކޮފީ އަކީ ފަރުވާ އެކެވެ. އޭގެ އިތުރުން ކޮފީގެ ސަބަބުން ސިކުނޑީގެ ބަލިތަކުންވެސް ދުރުކޮށްދެ އެވެ. އަދި ތިމާގެ މޫޑް ރަނގަޅުކޮށް ލިބިފައިވާ ވަރުބަލިކަން ފިލުވަލުމަށް އެންމެ މޮޅު ބުއިމަކަށް ޔަގީނުން ވެސް ކޮފީ ވާނެ އެވެ.