ޑައިޓް ކުރާއިރު މުހިއްމީ ކާއެއްޗެހި ކެވޭ މިންވަރު ކޮންޓްރޯލު ކުރުން އެކަންޏެއް ނޫނެވެ. އެކެވޭ އެއްޗަކުން ލިބޭ ނިއުޓްރިޝަނަށް ވެސް ބަލައިގެން އުޅުން މުހިއްމެވެ. ތިރީގައި މި ހިމަނާލާ 5 ކާނާއަކީ، ރީތިކޮށް ހަށިގަނޑު ބެހެއްޓުމަށާއި، ޑައިޓް ބެލެންސް ކުރުމަށް އެހީވެދޭނެ ކާނާއެވެ.

1. ފެހިކަން ގަދަ ތަރުކާރީ / ލީފީ ވެޖެޓަބަލްސް

ތަރުކާރީ ޑައިޓްގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބްރޮކޮލީ، އަސްޕަރަގަސް، ލެޓިއުސް އަދި ސްޕިނަޗްއަކީ ވަރަށް ގިނައިން ވިޓަމިން ސީ، ވިޓަމިން ކޭ، ފޮލިކް އެސިޑް އަދި ފައިބާ ހުންނަ ތަރުކާރީ އެވެ. މިތަކެތި ހަޖަމްކުރުމުގައްޔާއި ބަލިތަކުން ރައްކާތެރި ވުމުގައި ވަރަށް އެހީވެދެ އެވެ. ހާއްސަކޮށް ފައިބަ އެވެ. މީގެ އިތުރުން މިބާވަތުގެ ތަރުކާރީގައި، އަޔަން، މެގްނީސިއަމް، ޕޮޓޭސިއަމް އަދި ކެލްސިއަމް ފަދަ ދަގަނޑުގެ ބާވަތް ހިމެނެ އެވެ.

2. ގޮވާމުގެ ބާވަތް / ގްރެއިންސް

ކޮންމެ ގޮވާމެއްގައި 96 ނިއުޓުރިޝަން އެކުލެވެ އެވެ. ހެނދުނުގެ ނާސްތާ އަކަށް ވީޓް ސިރިއަލް ނުވަތަ ވީޓް ބުރެޑް ޚިޔާރު ކުރައްވާށެވެ.

3. ޔޯގަޓް

އެންމެ ރަގަޅު ބާވަތުގެ ޔޯގަޓަކީ، ލޯފެޓް ނުވަތަ ޕުލެއިން ޔޯގަޓެވެ. ސަބަބަކީ، އެންމެ ބޭނުން ވަރަށް އޭގައި ޕްރޮޓިންސް، ކެލްސިއަމް އަދި ވިޓަމިންސް ހުންނާތީ އެވެ. މީގެ އިތުރުން ޔޯގަޓްގައި ބަލިތަކުން ރައްކާތެރިކޮށްދޭ ބެކްޓީރިއާ ވެސް ހުރެ އެވެ. އެހެންކަމުން، ދުވާލަކު ދެތިން ޔޯގަޓް ތަށި ޑައިޓުގައި އެކުލަވާލާށެވެ. ނަމަވެސް ބުއްދިވެރި ގޮތަކީ ހަކުރު ނާޅާ ޔޯގަޓް ކެއުމެވެ.

4. މޭވާ

މޭވާގައި ހުންނަ ފައިބާއަކީ ބަރުދަން މައްޗަށް ދިއުން ކޮންޓުރޯލް ކޮށްދޭ ބާވަތެކެވެ. އަދި އޭގައި ހުންނަ އެންޓިއޮކްސިޑެންޓްގެ ސަބަބުން ބަލި ޖެހުމުމުން ރައްކާތެރިކޮށްދީ ހަނދާން ނެތޭވަރު ދަށްކޮށްދެ އެވެ. އެހެންކަމުން، ހަފްތާއަކު ތިންފަހަރު މޭވާ ކާން އާދަކުރާށެވެ.

5. ބަދަން / ނަޓްސް

ހިތް ހުއްޓުމާއި ކެންސަރުން ދުރުކޮށްދޭ ބާވަތްތައް ކަމުގައިވާ، ޕްރޮޓީންސް، މެގްނީސިއަމް، ވިޓަމިން ބީ އަދި ވިޓަމިންއީ ބަދަނުގައި ހުރެ އެވެ.

އޭގައި ހުންނަ ފެޓްސްއަކީ ހިތަށް ފައިދާ ކުރުވަނިވި އެއްޗެއް ކަމަށްވިއަސް ބަދަން އެހާގިނައިން ކެއުން ރަގަޅެއް ނޫނެވެ. ހުހާ ބަދަން ކާން ބޭނުން ނޫންނަމަ، ޔޯގަޓް، ސެލެޑް ނުވަތަ ސިރިއަލްއާ އެއްކޮށްގެން ކެއުންވެސް ހަމަ ރަގަޅުވާނެ އެވެ.