ކޮވިޑް ބަލީގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 14އަށް ތިރިވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 15 މީހުންނާއި، އެކި ރަށްރަށުން 55 މީހުންނާއި ރިސޯޓުތަކުން ހަ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 91،122 އަށް އަރާފަ އެވެ.

މިއަދު ޓެސްޓްކޮށްފައި ވަނީ 4،441 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،832 މީހުންނެވެ. މިހާތަނަށް 89،029 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 14 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 248 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.