މާބޮޑު އުނދަގުލަކާ ނުލާ ބަރުދަން ލުއި ކުރަން އެންމެން ވެސް ބޭނުންވެ އެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތަކީ ގިނަ ބަޔަކު ހިތްވަރު އެލުވާލާ މައިގަނޑު ސަބަބަށް އޮންނަނީ ވެފަ އެވެ. އެފަދަ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ވަރަށް ފަސޭހައިން ބަރުދަން ލުއި ކޮށްލެވިދާނެ ގޮތެއް އޮތް ކަމެވެ. ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ މި ބުއިމުން ބޭނުންވާ ނަތީޖާ ނުހަނު އަވަހަށް ފެނިދާނެ އެވެ.

ބޭނުންވާ ތަކެތި

  • 2 ސައި ސަމުސާ ރޯ މާމުއި
  • 1 ސައި ސަމުސާ ފޮނިތޮށި
  • 1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

  • އެއް ސަމުސާ ފޮނިތޮއްޓަށް ދެ ސަމުސާގެ މާމުއި ބޭނުންވާނެ އެވެ. އެއްޖޯޑު ފެން ހޫނު ކޮށްލުމަށްފަހު 30 މިނެޓްވުމުން އެއަށް ފޮނިތޮއްޓާއި މާމުއި ކޮޅު އެއްކޮށްލާށެވެ. އަދި ޖޯޑުގެ ނުވަތަ ތަށީގެ މަތި ޖެހުމަށް ފަހު އިތުރު 30 މިނެޓް ބަހައްޓާލާށެވެ.
  • 30 މިނެޓް ފަހުން ފެންފޮދު ރަނގަޅަށް ފުރާނާލާށެވެ. އަދި ބޮވޭ ވަރަށް ފެންފޮދު ހިހޫ ވަންދެން މަޑުކޮށްލާށެވެ.
  • ހެނދުނު ނާސްތާގެ ކުރިން ބައި ޖޯޑު އަދި ރޭގަނޑު ކެއުމުގެ ކުރިންނާއި ނިދަން އޮށޯތުމުގެ ކުރިން ބައިޖޯޑު ފެން ބޯލާށެވެ.

ބަރުދަން އަވަހަށް ލުއިކުރަން ބޭނުންވާ ނަމަ ފެން ތައްޔާރުކުރަން ބޭނުންކުރި ތަކެތި ދެގުނަ ކޮށްލާށެވެ. އަދި ފެން ބޯއިރު، ގިނައިން ބޯލާށެވެ. ބަރުދަން ލުއިކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ.