އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފަސް އަހަރު ތެރޭގައި ތަހުގީގުކޮށް ނިންމައި، ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން އެއް ޕަސެންޓް މައްސަލަ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓްގެ ރިޕޯޓްގައި ބުނެފި އެވެ.
އޭސީސީއަށް ޖެނުއަރީ 1، 2015 އިން ޖުލައި 31 2020 އަށް ރަޖިސްޓަރީކޮށްފައިވާ 7،113 ޝަކުވާގެ ތެރެއިން 5،476 މައްސަލަ (ނުވަތަ 77) އެ ތާރީޚުގެ ނިޔަލަށް ތަހުގީގުކޮށް ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓަ ޖެނެރަލް ނެރުނު ރިޕޯޓްގައި ވަނީ އޭސީސީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 61 ޕަސެންޓް ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭހުގެ ގޮތުގައި ނިމިފައިވާއިރު، މި މުއްދަތުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށާއި އިދާރީ ހިންގުމުގައި ހުރި ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމުގެ ގޮތުން އެކި އިދާރާތަކަށް ޖުމްލަ 1,634 އެންގުން އޭސީސީ އިން އަންގާފައިވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ރެކޯޑުކުރަމުން ގެންދާ ކޭސް މެނޭޖްމަންޓް ސިސްޓަމް އަދާހަމަނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ތަފާސްހިސާބުގެ ގޮތުގައި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މަޢުލޫމާތާއި އަހަރީ ރިޕޯޓުގައި ހުރި އަދަދުތަކާ ދެމެދު ފަރަގުތަކެއް ހުންނަ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. މިފަދަ މައްސަލަތައް އިސްލާހުކުރުމަށް ކޮމިޝަނުގެ އިދާރީ މުވައްޒަފުން ފަހުން ކުރަންޖެހޭ މަސައްކަތްތައް އިތުރުވެ މަސައްކަތަށް ދޭންވާ ވަގުތާއި އަހައްމިއްޔަތުކަން ނުދެވި ދިއުން އެކަށީގެންވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން ހެދި މި އޮޑިޓްގެ މަސައްކަތަށް ބޭސް މެނޭޖްމަންޓް ސިސްޓަމުން ހޯދައިފައިވާ ކޭސްތަކާ ގުޅޭ ތަފާސްހިސާބާއި ބައެއް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ދިގު މުއްދަތެއް ހޭދަވަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން 1 ޖަނަވަރީ 2015 އިން 31 ޖުލައި 2020 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ މައްސަލަތަކުން އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ 76 ކޭހުގެ ތެރެއިން ތަހުގީގު މަރުހަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް މީޑިއަމް އެވަރެޖް 321 ދުވަސް ހިނގާފައިވާއިރު، ތަހުގީގު ނުނިމި ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ހިނގާފައިވާ 400 އަށްވުރެ ގިނަ ކޭސް ހުރިކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
ކޮމިޝަނުގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންގެ ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީގުކުރަން ޖެހިފައިވުމުން ތަހުގީގުތަކަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދާ ކަމަށް ރިޕޯޓްގައިވެ އެވެ. މިގޮތުން، ޖުލައި 31 2020ގެ ނިޔަލަށް ކޮމިޝަނުގައި 1,637 މައްސަލަ ބަލަމުންދާއިރު އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދޭންޖެހޭ ފެންވަރު ރަނގަޅު އެހީތެރިކަމާއި އިރުޝާދު ދެވެމުން ނުދާކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ ކޭސްތަކުގެ ތެރެއިން އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށްފަހު ތަހުގީގުކޮށްފައިވާ 16 ކޭހުގެ ތެރެއިން ހަތް ކޭހުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިމިފައިވުމާއި 1 ކޭސް އެހެން އިދާރާއަކަށް ފޮނުވާފައިވުމުން ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނޫންކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އަދި، މި ކޭސްތައް ތަހުގީގު ކުރުމަށް މީޑިއަން އެވަރެޖްގެ 348 ދުވަސް ހިނގާފައިވާކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 12 (48 ޕަސެންޓް) މައްސަލައިގައި ދަޢުވާ އުފުލަން ނިންމާފައިވާއިރު، 13 (52 ޕަސެންޓް) މައްސަލަ އަނބުރާ ފޮނުވާލާފައިވާކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައި ވަނީ މިހެންދިމާ ވަނީ، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށާއި ތުހުމަތުކުރެވޭ ކުށް ކޮށްފައިވާ ތާރީޚް ތަހުގީގު ފުރިހަމަކުރުމާ ދެމެދު ދިގު މުއްދަތެއް ހިނގާފައިވުމުގެ ސަބަބުން ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް، ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވުމުން ކަމަށެވެ. މީގެ އިތުރުން، މި 25 މައްސަލައިގެ ތެރެއިން 23 މައްސަލައަށް ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މީޑިއަން އެވަރެޖް 91 ދުވަސް ހިނގާފައިވާކަން ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
މިރިޕޯޓަށް ބިނާކޮށް އޭސީސީގެ މެންބަރުންގެ ގޮތުގައި މަގާމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ދުރުކުރުމުގެ މަސައްކަތް މަޖިލީހުން ވަނީ ފަށާފަ އެވެ.
ތިތާ ތި ތިބަ ކޮމިޝަނަރުން މަސައްކަތް ކުރަނީ އިންސާފުން ބޭރުން. ވަކި މީހަކު އަންގާ ގޮތަކަށް. ވީމަ ވާނު ހައެތި ތިވަނީ. ޙުރިހާ ގެއްލުމެއް ރައްޔިތުންނަށް.
އެކަކު އަނެކަކު ބޮލުގަ އަޅުވާ ކަން ނުވީމަ