ރާއްޖޭގެ ކަނޑުގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫގެ އަންނަ އަހަރުގެ ޑެސްކް ކަލަންޑަރުން މިއަދު އިފްތިތާހުކޮށްފި އެވެ.
މިއަދު ލޯންޗުކުރި މި ކަލަންޑަރުގައި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވާ އާލާކޮށްދެ އެވެ.
އުރީދޫ މޯލްޑިވްސްގެ މި ތަފާތު ކަލަންޑަރު ދައްކާލައިފައިވަނީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންގެ ހާޒިރުގައި އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދޭނެ ކަމަށެވެ. އަދި ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި ފެނިވަޑައިގަންނަވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް، ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް ދިރުވާލާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާއެއްކޮށްލެވޭނެ ކަމަސް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ބުނީ އޭއާރް ފީޗާގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ ދިރުންތައް ތައްޔާރުކޮށްލެވޭ އޮރިގާމީ ކަރުދާހެއް ވެސް ކަލަންޑަރުގައި އެކުލަވާލާފައިވާނެ ކަމަށެވެ.
"މިއާއެކު ކަލަންޑަރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދޭ. ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް ސްޓެޕް ބައި ސްޓެޕް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ މަގޭ ރާއްޖެ - އުރީދޫ ކަލަންޑަރު 2022 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އީޖާދީ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީ އެހީގައި ރާއްޖޭގެ އާންމު ދިރުންތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާވެސް ގުޅުވާލައިގެން. އުރީދޫ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައާއި ކާމިޔާބީތަކުގައި ބައިވެރިވާނެ ކުންފުންޏެއް ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އެންމެހައިބޭފުޅުންނަށް އަރުވަން. މުޅި އުރީދޫ މޯލްޑިވްސް ޓީމުގެ ނަމުގައި، އެންމެހާ ފަރާތްތަކަށް 2022 ވަނަ އަހަރުގެ ތަހުނިޔާ އެންމެހައި ފަރާތްތަކަށް ދަންނަވަން،" ނަޖީބު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ކޮމިއުނިކޭޝަން އާއި ޓޫރިޒަމަކީ މީހުން ގުޅުވައިދިނުމުގައި އިސް ރޯލެއް އަދާކުރާ ދެ ދާއިރާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ފަތުރުވެރިކަން އަލުން ދިރުވުމުގަ އާއި އަދި ޓޫރިޒަމް ގެ ރަންޔޫބިލް ފާހަގަކުރުމަށް އުރީދޫ އިން އިސްނައިގެންދޭ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫން ބުނިގޮތުގައި އަންނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު، އުރީދޫގެ 2022 ވަނަ އަހަރުގެ ކަލަންޑަރު - މަގޭ ރާއްޖެ ޑިޒައިން ކުރެވިފައިވަނީ މި ހަފްލާއާއި ގުޅުވާލާ ރާއްޖޭގެ ރީތިކަމާއި ތަފާތު ދިރުންތައް ކުރިއެރުވުމަށެވެ. އަދި ރާއްޖޭގެ މި ނާޒުކު ދިރުންތަކުން ލިބިދޭ އިގްތިސޯދީ އަދި އިކޮލޮޖިކަލް މަންފާ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދިނުމަށް ރާއްޖޭގެ ނާޒުކު މާހައުލު ހިމާޔަތްކުރުމަށް މުޖުތަމައުތައް އިތުރަށް ހޭލުންތެރިކޮށް ދެމެހެއްޓެނިވި އާދަތައް އެކަށުމަކީ މުހިންމުކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް ކައްޕަޅި ޕައުންޑޭ އައުޓް
އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް ޕައުންޑޭ އައުޓް އިންޑިއާ އައުޓް