ރާއްޖެއިން ބޭރުގައި ކިޔެވުން މިހާރު މިވަނީ ވަރަށް ބޮޑު މަގުބޫލް ކަމެއް ލިބި އަދި ކުދިންނަށް އެންމެ ރަނގަޅު ތަޖުރިބާ ލިބޭ ކަމަކަށް ވެފަ އެވެ.

މިގޮތުން މެލޭޝިޔާއަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެންމެ މަގުބޫލު އެއް ގައުމަށް ވަނީ ވެފަ އެވެ. ކިއު ސްޓަޑީ މޯލްޑިވްސް އިން އަންނަނީ ރަނގަޅު ޕްރޮގްރާމްތައް ހިންގާ ފެންވަރު ރަނގަޅު ޔުނިވާސިޓީތައް އިހްތިޔާރުކުރުމުގައި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މެލޭޝިއާގައި ހެޑްކުއާޓަރު ހުންނައިރު ކިއު ސްޓަޑީގެ ގޮފިތައް އިންޑިއާ، ދިވެހިރާއްޖެ، އުޒްބަކިސްތާން، އޮމާން އަދި އިންޑޮނޭޝިއާގައި ހުރެ އެވެ.

މެލޭޝިޔާގެ ޕަބްލިކް އަދި ޕްރައިވެޓް އިންސްޓިޓިއުޝަންތައް ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ޔުނިވާސިޓީ ޕާޓްނާޝިޕް ހަދާފައިވާ ކިއު ސްޓަޑީއިން ވަނީ ދަރިވަރުންގެ ވެލްފެއާ، އެކޮމޮޑޭޝަން އަދި އެހެނިހެން ސަޕޯޓް ހިދުމަތްތައް ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ކިޔެވުމުގެ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެޑިއުކޭޝަން މެލޭޝިޔާ އެކްސްޕޯއަކީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އެންޑޯޒްކޮށްފައިވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯއަކީ ޔުނިވަސިޓީގެ މަންދޫބުންނާ ބައްދަލުކޮށް، އަންޑާގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް އޮފާތަކާ ބެހޭ މައުލޫމާތު ހޯދުމަށް ދަރިވަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ އެވެ. އަދި ޔުނިވާސިޓީތަކުން ސްކޮލަޝިޕްތަކާއި ބަރސަރީސްތައް ވެސް ލިބެން ހުންނާނެ އެވެ.

މިއަދު ހަވީރު 4:00 ގައި ފަށާ މި އިވެންޓް ހުކުރު އަދި ހޮނިހިރު ދުވަހު 16:00 އިން 21:00 ކުރިޔަށް ދާނެ އެވެ. މި އިވެންޓް ކުރިޔަށްދާނީ ހ. މީރުމާގަ އެވެ.

4.1756002524046725, 73.51635989621617

މި އެކްސްޕޯ ވެގެންދާނީ މި ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ބާއްވާ އެޑިއުކޭޝަނަލް އެކްސްޕޯގެ ފުރަތަމަ މިފަދަ އެކްސްޕޯއަށެވެ. މި އެކްސްޕޯގައި މެލޭޝިޔާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން ބައިވެރިވާނެ އެވެ.

މިއީ ކޮންމެ މީހަކަށް ވެސް ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ ހަރަކާތެކެވެ.

މި އިވެންޓަށް ޒިޔާރަތްކޮށް އެޕްލިކޭޝަން ކުރިޔައް ގެންދާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތުން އައިފޯން 13 އާއި އިތުރު އެތައް އިނާމެއް ލިބޭ ލަކީ ޑްރޯއެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި އެކްސްޕޯ ކުރިޔަށް ގެންދާނީ އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް އާއްމުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމުގައި މި އިވެންޓް އޮގަނައިޒްކުރާ ކިއު ސްޓަޑީ މޯލްޑިވްސްއިން ބުންޏެވެ.