މާބަނޑު ދުވަސްވަރަކީ އަންހެނުންގެ ސިއްހަތަށް އަދި ކާބޯތަކެއްޗަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރު ކެއުމާއި ބުއިމާ ގުޅޭގޮތުން މުޖުތަމައުގައި ތަފާތު ވާހަކަތަކާއި ކުށްހީތައް ވަރަށް ބޮޑަށް އާންމު ވެފައިވެ އެވެ.
އޭގެ ތެރެއިން ވެސް އެންމެ އާންމު އެއް ސުވާލަކީ މާބަނޑު ދުވަސްވަރު ކޮފީ ނުވަތަ ސައި ބުއިމަކީ ރައްކާތެރި ކަމެއްތޯ ކުރެވޭ ސުވާލެވެ.
މެޑަންޓާ ގުރުގްރާމްގެ ސީނިއާ ޑިރެކްޓަރު އަދި ގައިނަކޮލޮޖިސްޓް ޑރ. ޝީފާ ޑިއާ މާބަނޑު ދުވަސްވަރުގެ ކާނާއާ ގުޅޭ ބައެއް ކުށްހީތަކަށް ވަނީ އަލި އަޅުއްވާލައްވާފަ އެވެ.
ކޮފީ އަދި ސައި ބުއިމާ ގުޅޭ ހަގީގަތް
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮފީ ނުވަތަ ސައި ބުއިމަކީ މުޅިން މަނާ ކަމެކެވެ. ނަމަވެސް ޑޮކްޓަރު ވިދާޅުވާ ގޮތުގައި މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ.
- ކެފެއިން ލިބޭ މިންވަރު: މާބަނޑު ދުވަސްވަރު ކެފެއިން މާ ގިނައިން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މާ ގިނައިން ކެފެއިން ބޭނުން ކުރުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ ބަރުދަން ލުއިވުމަށާއި، ބައިގެންދިއުމުގެ ނުރައްކާ ބޮޑުވެ އެވެ.
- ނަމަވެސް، މެދުމިނުގައި ބޭނުން ކުރެވިދާނެ: ދުވާލަކަށް 200 މިލިގްރާމަށްވުރެ ކުޑަ މިންވަރަކަށް ކެފެއިން ބޭނުން ކުރުމަކީ (މިސާލަކަށް އެއް ތަށި ކޮފީ ނުވަތަ ދެ ތަށި ސައި) އާންމުކޮށް ރައްކާތެރި މިންވަރެކެވެ.
މާބަނޑު ދުވަސްވަރުގެ އެހެނިހެން ކުށްހީތައް
މީގެ އިތުރުން ޑޮކްޓަރު ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތައް:
- "ދެ މީހުންނަށް ކާންޖެހޭ": މިއީ ވަރަށް ބޮޑު ކުށްހީ އެކެވެ. މާބަނޑު ދުވަސްވަރު ބޭނުންވާނީ އިތުރު ކާނާގެ ބަސްތާއެއް ނޫނެވެ. ފުރަތަމަ ތިން މަހުގައި އިތުރު ކެލޮރީ ބޭނުމެއް ނުވެ އެވެ. އޭގެ ފަހުން ވެސް ދުވާލަކަށް އިތުރު ކުރަންޖެހެނީ ގާތްގަނޑަކަށް 300-400 ގްރާމްގެ ކެލޮރީ އެވެ.
- ކަސްރަތު ނުކުރުން: މާބަނޑު ދުވަސްވަރު ހަރަކާތްތެރިވެ އުޅުމާއި، ޑޮކްޓަރުގެ ލަފާގެ މަތިން ލުއި ކަސްރަތު ކުރުމަކީ މާބަނޑު ދުވަސްވަރު ސިއްހަތަށް ވަރަށް ފައިދާހުރި އަދި ވިހަން ފަސޭހަވާނެ ކަމެކެވެ.
މާބަނޑު ދުވަސްވަރު ކޮފީ ނުވަތަ ސައި ބުއިމުގައި މައިން ސަމާލުވާން ޖެހޭނީ އޭގެ މިންވަރު ކުޑަކޮށް، މެދުމިނެއްގައި ހިފެހެއްޓުމަށެވެ. ކޮންމެ މީހެއްގެ ސިއްހީ ހާލަތު ތަފާތުވާނެތީ، މިކަމުގައި އަބަދުވެސް އަމިއްލަ ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ.
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟
އައިކޮމްއަށް އަޒީޒު ޖަމާލު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ކެއިންބުއިމުގައި ލޮނު ހިމަނަންވީ ކިހާ ވަރަކަށް؟