އޯވަރީގައި ސިސްޓް ހެދުން ނުވަތަ ޕީސީއޯއެސްއަކީ އަހަރުމެންގެ މުޖުތަމައުގައި ވެސް އާއްމު ވަމުން އަންނަ ހާލަތެކެވެ. މިއީ އެތައް އުނދަގޫތަކެއް ކުރިމަތިވާ ބައްޔަކަށް ވީއިރު ކެއުމުގެ އާދަތައް ގެންގުޅެވޭ ގޮތުން ބަލީގެ އުނދަގޫ ތަކަށް ލުއެއް ލިބިދާނެ އެވެ.

ތެޔޮ މަދު ކުރުން

ކެއުމުގައި ގިނަ އަދަދަކަށް ތެޔޮ ހިމެނޭ ނަމަ ރިޕްރޮޑަކްޓިވް ސިސްޓަމް ނުވަތަ އަންހެނާގެ ރަހިމުގެ ނިޒާމަށް ނޭދެވޭ އަސަރު ކޮށް އޯވަރީގައި ސިސްޓް އުފެދެން މަގުފަހިވެ އެވެ. އެންމެ ރަނގަޅު ގޮތަކީ ދުވާލެއްގެ މައްޗަށް ގިނަވެގެން ދެ ސައި ސަމްސާގެ ތެޔޮ ބޭނުން ކުރުމެވެ.

ހަކުރުގެ ބާވަތްތައް މަދުކޮށްލުން

އާދައިގެ ހަކުރުގެ އިތުރުން ފިޒީ ޑްރިންކް، މޯލްޓަޑް ޑްރިންކް، އެނާޖީ ޑްރިންކް، ގެރިކިރު، ކްރީމް ޖެހި ބިސްކޯދު، ފޮނި ހެދިކާ، ޖޫސް އަދި ޑިސަޓް ފަދަ ތަކެއްޗަކީ ޕީސީއޯ އެސްގެ ތަދުތަކާއި އުނދަގޫތައް އިތުރު ކޮށްދޭ ބާވަތްތަކެކެވެ.

ފައިބާ ގިނަ ކުރުން

މޭވާއާއި ތަރުކާރީ އަދި ހޯލް ގްރެއިންސްގެ ގޮދަނުގެ ބާވަތްތަކަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ބާވަތްތަކެކެވެ. ފައިބާ އަކީ ޕީސީއޯއެސްގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ މައްސަރު ކަންކަމުގެ އުނދަގުލުން ދުރުކޮށްދޭ މާއްދާ އެކެވެ.