ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާއެއް މިއަދު އޮތީ ޕެރެލައިޒް ވެފައިކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޗެނަލް-13އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ، ގާނޫނު އަސާސީއާއި، އިންތިހާބުތަކާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފަށް އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ނަމަވެސް ހުރިހާ މުއައްސަސާއެއް ނިދާފައި އޮތްކަމީ ފެންނަ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ކުއްލިއަކަށް ހިންގަމުންދާ މަޝްރޫޢުތަކާއި، މަސައްކަތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ވެސް ޒިންމާއެއް ކަމަށެވެ.
"އޭސީސީ ވަނީ ޕެރެލައިޒްކޮށްލާފައި. އަޅުގަނޑުމެން އޭސީސީއަށް މައްސަލަ ހުށަހެޅި ނަމަވެސް މެމްބަރެއް ނެތުމުން ކުރެވޭނެ ކަމެއް ނެތް. އިލެކްޝަނަށް އިންތިހާބާ ބެހޭ ގާނޫނާ ހިލާފުކަންކަން ކުރަމުންދާއިރު މިކަންކަން ހުއްޓުވެން ޖެހޭނެ. އިލްތިމާސް ކުރުމަކުން އިލެކްޝަނަކަށް ނުފުދޭ. ކޮމިޝަނަށް މިކަން ހުއްޓުވެންވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު ކޮރަޕްޝަންގެ މައްސަލަ ބެލުމަށް ގާނޫނުން މަތިކޮށްފައިވާ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގައިކަން ހުރިހާ ރައްޔިތުންނަށްވެސް ސާފުވާނެކަމަށެވެ. އޭސީސީގެ އިތުރުން ދައުލަތުގެ އެހެން ހުރިހާ މިނިވަން ކޮމިޝަނެއް ވެސް މިއަދު އޮތީ ޕެރެލައިޒް ވެފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދުރޭމެން މިކަލަހަ ވާހަކަދެއްކިޔަސް ޔާމީނު ހަމަ ކުޑަކޮށްވެސް ލަދެއް ހަޔާތެއްނެތި މިކަހަލަވާހަކަ ދައްކަފާނޭ ހިތަކަށްވެސް ނާރައެވެ. ތިމާގެ އަމަލުތަށް ލޯމަތިން ކައްސާލާ ހިޔާލުން ގެއްލި ސިނކުޑިން ނެއްޓި މަންޒަރުން ފިލާހާ ދުވަހެއް އަދި ނުވެއެވެ.