ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މަސައްކަތް ކުރާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ބައި އިލެކްޝަންގެ ކެމްޕޭނަށް މިއަދު ށ. ކޮމަންޑޫ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ފަހު ދެން އޮތީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ.
"ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން،" ރައީސް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވެރިކަން ކުރާ ޕާޓީ، އެމްޑީޕީންނާއި، ޕީޕީއެމްގެ އިތުރުން، މިދިޔަ އަހަރު އަލަށް އުފެއްދި ޕާޓީ އެމްއެންޕީން ވެސް ދަނީ ގޮނޑި ކާމިޔާބުކުރަން މަސައްކަތް ކުރަމުންނެވެ.
މިގޮތުން އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެންޕެއިންއަށް ތާއީދު ހޯދުމަށް ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
އައުގާފް ކުންފުނީގެ އެމްޑީއަކަށް ޕެންޝަން ބޯޑުގެ މެންބަރު ޔާމީން
"އެވެޓާ" ފަހަތަށް ޖައްސާލައި "އެވެންޖާސް: އެންޑްގޭމް" ކުރިއަށް!
ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގެ ޑްރައިވަރަށް ދައުވާކޮށްފި

