ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އުޅުއްވަނިކޮށް އިދިކޮޅު ޕީޕީއެމުން ދާއިރާގެ ރަށްރަށުގައި ބޮޑު މަންޒަރު ދައްކާލައިފި އެވެ.

ފޯކަައިދޫގައި މިއަދު އިދިކޮޅުން ބޭއްވި ހިނގާލުން

އިދިކޮޅުން މިއަދުވަނީ ދާއިރާގެ ތިންރަށުގެ ތެރެއިން ފޯކައިދޫގައި ރައްޔިތުންގެ ބޮޑު ހިނގާލުމެއް ބާއްވާފަ އެވެ.

މި ހިނގާލުމުގައި ފޯކައިދޫގެ ގިނަ އަދަދެއްގެ މީހުންނާއިއެކު އެރަށުގެ މަގުތަކުގައި ކުރިއަށްދިޔަ ހިނގާލުމުގައި ބައިވެރިވި މީހުންވަނީ ފަތުހީއަށް ވޯޓު ދެއްވުމަށާއި، މިއިންތިޚާބު ޕީޕީއެމުން ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް ބުނެފަ އެވެ.

މި ހިނގާލުން ކުރިއަށްދިޔަ ވަގުތު ދެ ރައީސުން ވެސް ތިއްބެވީ ފޯކައިދޫގަ އެވެ.

ދާއިރާއިން މައުލޫމާތު ލިބުނު ގޮތުގައި ފޯކައިދޫގައި ބޭއްވި ޖަލްސާއަށް މީހުންގެ އަދަދު މަދުކަމުން ދާއިރާގެ އެހެން ރަށްރަށުން 17 ލޯންޗްގައި މީހުން ގެނެސްފައިވެ އެވެ.

"ހުރިހާ" އަށް ވަނީ އޭގެ ބައެއް ފޮޓޯތައް ވެސް ލިބިފަ އެވެ.

މަރޮށިން ފޯކައިދޫ ޖަލްސާއަށް ރަށްރަށުން މީހުން ފުރަން ތައްޔާރުވެފައި

ދެ ރައީސުން ބައިވެރިވި ކޮމަންޑޫ ޖަލްސާގައި ވެސް ބައިވެރިވީ ވަރަށް މަދު ބައެކެވެ.

2 ރައީސުން ބައިވެރިވި ކޮމަންޑޫ ޖަލްސާއަށް ދިޔައީ މަދު ބަޔަކު

އިދިކޮޅުންވަނީ ކޮމަންޑޫގައި ވެސް މިއަދު ސަޕޯޓަރުންނާއެކު ޖަލްސާއެއް ބާއްވާފަ އެވެ.

މިޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ކަމުގަ އެވެ.