ސައިފަތަކީ ގިނަ ފަހަރަށް އެއް ޖޯޑު ސައި ތައްޔާރު ކުރުމަށްފަހު އެއްލާލެވޭ އެއްޗެކެވެ. ނަމަވެސް ސައިފަތުން ކުރެވޭ އެހެން ބޭނުންތައް އެނގޭނަމަ އެއިން ކުރާ އިސްރާފު މަދުވާނެކަން ގައިމެވެ.
ހަމުގެ މައްސަލަތަކަށް ފަރުވާއެއް
ހަންގަނޑު ކަހައި ހަމުގެ އެކި އުނދަގޫތައް ކުރިމަތިވާނަމަ ކަޅު ސައިފަތުން އެކަންކަމަށް ލުއި ލިބޭނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ކަޅުސައިން އިންފްލެމޭޝަން ކުޑަކޮށްދީ ހަންގަނޑު ތާޒާކޮށްދެ އެވެ.
ފާރު ފަސޭހަކުރަން އެހީއެއް
ހަށިގަނޑަށް ލިބޭ ކުދި އަނިޔާތަކުން ހެދޭ ފާރުތައް ފަސޭހަ ކުރުމަށް ސައިފަތް އެހީވެދެ އެވެ. އެގޮތުން ސައިފަތް ޕެކެޓެއް ހޫނު ފެނުން ތެތްކޮށްލުމަށްފަހު އެތަނެއްގައި ދެތިން މިނެޓު ޖެއްސުމަކީ ދުޅަވުން ކުޑަވެ ފާރުގަނޑު އަވަހަށް ފަސޭހަ ކޮށްދޭނެ ކަމެކެވެ.
ފައިދާހުރި ގަސްކާނާއެއް
ސައިފަތުގައި ހިމެނޭ ނައިޓްރޮޖަން އަކީ ގަސްތަކަށް ނުހަނު ފައިދާހުރި މާއްދާ އެކެވެ. ވެއްޔަށް ސައިފަތް އެޅުމުން ގަހަށް ދިރުން ލިއްބައދިނުމުގެ އިތުރުން ސައި ހެދުމަށްފަހު އެއްލާލާ ސައިފަތް އުރަ ގަސްކާނާ ހަދާއިރު ބޭނުން ކުރުމަކީ ވެސް ގަސްތަކަށް ފައިދާވާނެ ކަމެކެވެ.
ސްކޮލާޝިޕްގައި ރާއްޖޭގައި ކިޔަވާނަމަ 6،000ރ ގެ އެލަވަންސެއް
ހަމަ ނިދި ނުލިބޭނަމަ ކުއްލި މަރަށް މަގުފަހިވޭ: ދިރާސާ
ސަރަހައްދީ ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް: ސީސީ