އެމެރިކާ އާއި ޔޫރަޕްގެ އެކި ގައުމުތަކުގެ ބޭންކުތަކާއި ސްވިފްޓްގެ އިތުރުން ކާޑު ނެޓްވޯކުތަކުން ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން ބީއެމްއެލްގެ ކާޑުތައް ވެސް އެ ގައުމުގައި ބޭނުން ނުކުރެވޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭތީ ގިނަ ގައުމުތަކުން ދަނީ އެ ގައުމާ ދެކޮޅަށް އިގްތިސާދީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ރަޝިއާ އިން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ.
ބީއެމްއެލްއިން ކަސްޓަމަރުންނަށް ދޫކުރަނީ އެމެރިކާގެ ކާޑު ނެޓްވޯކުތައް ކަމަށްވާ އެމެރިކަން އެކްސްޕްރެސް އާއި ވިސާ އާއި މާސްޓަ ކާޑެވެ. ރަޝިއާގައި އެ ކުންފުނިތަކުގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ހަދަން އިއްޔެ ވަނީ ނިންމައިފަ އެވެ.
ރަޝިއާގެ އިތުރުން ފިޔަވަޅު އަޅާފައިވާ އެހެން ސަރަހައްދުތަކުގައި ވެސް ކާޑުތައް ބޭނުން ނުކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އެ ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުން ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކުންް މާޗަންޓުންނަށް ފައިސާ ނުލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މިއާއެކު ރާއްޖޭގައި މިވަގުތު ތިބި ރަޝިއާގެ ޓޫރިސްޓުންނަށް ވެސް އެ ކާޑުތައް ބޭނުންކޮށްގެން ފައިސާއެއް ނުދެއްކޭނެ އެވެ.
ދުނިޔޭގެ ޕޭމަންޓް ސިސްޓަމަށް އައި ބަދަލާ އެކު ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ގެނައުމުގެ ހިދުމަތަށް ވެސް މިވަނީ އަސަރުކޮށްފަ އެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ސަރަހައްދުގެ ބޭންކުތަކަށް ޓީޓީ ފޮނުވުމުގައި ވެސް އިތުރު ވަގުތު ހޭދަވުމާއި ޓީޓީ ނުފޮނުވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބޭންކުން ބުންޏެވެ.
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް
ޑިޒްނީގެ "ޓޯއި ސްޓޯރީ 5"ގައި ޓޭލާގެ ލަވައެއް!
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"