މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ސަރުކާރުން ނޫޅޭ ކަމަށާއި އެގޮތަށް އަމަލު ނުކުރަނީ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ މިގޮތަށް ފާޑުވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރޭ ގދ. ތިނަދޫގެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިއަކު ދެއްކި ވާހަކަތަކެއް ހިއްސާކުރައްވަމުން ކުރެއްވި ޓުވީޓެއްގަ އެވެ.
މިފްކޯއިން މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިއަކު ދެއްކި ވާހަކަތަކެއް ހިއްސާކުރައްވަމުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަސްވެރިން ބާނާ މަހަށް ހަދަންވީ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާއި އެ ގޮތް ނުހަދަނީ ކަމަށެވެ.
ރައީސް ނަޝީދު ހިއްސާކުރެއްވި ވީޑިއޯގައި ވާހަކަ ދައްކާ މީހާ ބުނެފައި ވަނީ ހުވަދޫގެ މަސްވެރިން ކޫއްޑޫގެ ކެޕޭސިޓީއާ އައިސް ސްޓޯރޭޖަށް ބަރޯސާވާން ބޭނުން ނުވާ ކަމަށާއި ހުވަދޫގެ މަސްވެރީންނަށް އެ މީހުން ބާނާ މަހަށް އަމިއްލައަށް އިންޓަނޭޝަނަލް މާކެޓް ހޯދޭނެ ކަމަށެވެ. އަދި އެ އަތޮޅަށް މަސް ފެކްޓްރީތައް ވެސް ގެނެވޭނެ ކަމަށް އޭނާ ބުނެފައި އެވެ.
މީގެ ކުރިން ވެސް ކޫއްޑޫއިން މަސްކިރާ ވަރު ލިމިޓްކުރުމާއި ގުޅިގެން މަސްވެރިންގެ ޝަކުވާތައް ބޮޑުވެ ރައީސް ނަޝީދަށް ވެސް އެކަމުގެ ޝަކުވާ ހުށަހެޅުމާއި ގުޅިގެން އެމަނިކުފާނު ވަނީ އެމްޑީޕީ ގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ ރިޔާސީ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވަލާފަ އެވެ.
ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ކިރަން ލިބެން ފެށުމާއެކު ސަރުކާރުން ވަނީ މަސް ކިރާ އަދަދު ކޮންޓްރޯ ކޮށްފަ އެވެ.
އެކަމާ ގުޅިގެން ކޫއްޑޫ ބަދަރުގައި ބޮޑު އިހުތިޖާޖެއް ފެށުމުން ސަރުކާރުން ކޫއްޑޫ ބަދަރުގައި އޮތް ހުރިހާ ދޯންޏެއްގައި ހުރި ހުރިހާ މަހެއް ކިރަން ނިންމި އެވެ. ނަމަވެސް އޭގެ ފަހުން ލޯޑް ބޮޑުވެ އަނެއްކާ ވަނީ ދޯންޏަކުން ހަތް ޓަޓު ގަންނަގޮތަށް ނިންމާފަ އެވެ.
ތެދެއްމެ މިކަލޭގެޔަކީ ފާދިރީ ބުނާގޮތަށް މަސްދިރުވާލާ ގޮލަޔެއް