އީދު މަލާފަތުގެ ބުއިމެއްގެ ގޮތުގައި މިގެނެސްދެނީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ބުއިމެކެވެ. މި ބުއިން މި ގެނެސްދެނީ ތަފާތު ގޮތަކަށް ރަހަ އިތުރަށް ފުރިހަމަވާނެ ގޮތަކަށެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ރޯސް ސިރަޕް
  • 4 ސްކޫޕް ވެނީލާ އައިސްކްރީމް
  • 6 މޭޒުމަތީ ސަމުސާ އިސްބަގުލު (ފެނަށް އަޅާ ފޯކޮށްފައި)
  • 1/4 ޖޯޑު ރަތް ހަލުވިދާ (ދިކޮށް ކޮށާފައި)
  • 1/2 ޖޯޑު ވިޕިން ކްރީމް
  • 1/4 ޖޯޑު ގެރި ކިރު

ތައްޔާރު ކުރާނެ ގޮތް

  1. ބޯތަށްތަކަށް ވިޕިންކްރީމް އަދި ގެރިކިރު އަޅާ ވިޕިންކްރީމް އިން ރޮނގު އެނގޭވަރަށް ނޫނީ އައިސިންހުންނަ ވަރަށް ގިރާލާށެވެ.
  2. ދެ ދިގު ތަށި ނަގާ ފުރަތަމަ ކޮންމެ ތަށްޓަކަށް ރޯސް ސިރަޕް ތަށްޓެއް އަޅާށެވެ. ދެން 2 އައިސްކްރީމް ސްކޫޕް އައިސްކްރީމް ކޮންމެ ތަށްޓަކަށް ލުމަށްފަހު މީގެ މައްޗަށް އިސްބަގުލު އަދި ހަލުވިދާ އަޅާށެވެ
  3. ދެން ކުރިން ގިރި ކްރީމް ކޮންމެ ތަށްޓެއްގެ މައްޗަށް އެއްވަރަށް އަޅާށެވެ.

މަސްދަރު: ނާދިޔާސް ކިޗަން