ފޮނި ކާއެއްޗެއްގެ ގޮތުގައި މިއަދު މި ގެނެސްދެނީ ޗޮކްލެޓަށް ލޯބި ކުރައްވާ ފަރާތްތަކަށް ކަމުދާނެ ކެއުމެކެވެ. އީދު މަލާފަތުގެ ދެންހުރި ކެއުންތަކާއެކު ސުފުރާ މައްޗަށް މި ކެއުން ވެސް އިންސާފު ކޮށްލަން ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 1 ދަޅު ގެރިކިރު
  • 1 ދަޅު ގެރިކިރަށްވާ ފުލްކްރީމް މިލްކް
  • 2 ދަޅު ނެސްލޭ ކްރީމް
  • 1/2 1 ޖޯޑު މައިލޯ
  • 3 މޭޒުމަތީ ސަމުސާ ޖިލެޓިން
  • 5 މޭޒުމަތީ ސަމްސާ ކެކިކެކި ހުރި ފެން

ތައްޔާރު ކުރާނެ ގޮތް

  1. ގެރިކިރު، ފުލްކްރީމް މިލްކް، ނެސްލޭ ކްރީމް އަދި މައިލޯ މިކްސްޗަރަށް އަޅާ ގިރާލާށެވެ.
  2. ގިރާލި މައިލޯ ތަށްޓަކަށް އަޅާށެވެ. ކުޑަ ބޯތަށްޓަކަށް ޖިލެޓިން އެޅުމަށްފަހު ކެކިކެކި ހުރި ފެންއަޅާ މިނެޓެއްވަރު ބެހެއްޓުމަށްފަހު ގިރާލާށެވެ.
  3. ދެން ޖިލެޓިންކޮޅު ފުރާނާލާފަ މައިލޯ ކޮޅުތެރެއަށް އަޅައި އެއްކޮށްލާށެވެ. ޖެލީ ތައްޔާރުކުރާ ޓްރޭ ތެރެއަށް އެޅުމަށްފަހު އޭގެ މަތީގައި ޕްލާސްޓިކް ވްރެފް އަޅާށެވެ. އައިސް އަލަމާރީގެ ފިނިކުރާ ބައިގައި މަދުވެގެން ފަސް ގަޑިއިރު ބަހައްޓާށެވެ.
  4. ގަޑި ހަމަވުމުން އައިސް އަލަމާރިން ނަގާ ޖެލީ މައްޗަށް މައިލޯ ކޮޅެއް ބުރުވާލާށެވެ.

މަސްދަރު: ނާދިޔާސް ކިޗަން