ބަނޑު ފުއްޕާފައި ހުންނަ ކަމުގެ ޝަކުވާ އަކީ އަހަރުމެންނަށް ވަރަށް ގިނައިން އިވޭ ޝަކުވާ އެކެވެ. މިއީ ބައެއް ހާލަތްތަކުގައި ލަދުވެތި ކަމެއް ވެސްމެ އެވެ. މި ލިޔުމުގައި މި ގެނެސްދެނީ ވަރަށް ފަސޭހައިން ބަނޑު ހިންދާލަން ބޭނުން ކުރެވިދާނެ ދެތިން ބުއިމެކެވެ.

ކިއުކަމްބާ ޑީޓޮކްސް

ބޭނުންވާނެ ތަކެތި:

  • 1 ކިއުކަމްބާ
  • 1 ލުނބޯ
  • ޕާސްލޭ ފަތްކޮޅެއް
  • 1 ސައިސަމްސާ ގޭނި އިނގުރު
  • 1 ސައި ސަމްސާ އެލޮވޭރާ ޖޫސް
  • 1/2 ތަށި ފެން

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ ބާވަތް އެއްކޮށް ލުމަށްފަހު ބްލެންޑަރުން ރަނގަޅަށް ޖޫސް ގިރާލާށެވެ. ކޮންމެ ދުވަހަކު ނިދަން އޮށޯތުމުގެ ކުރިން މި ޖޫސް ބޯލާށެވެ. މަހެއް ވުމުން ނަތީޖާ ފެންނަން ފަށާނެ އެވެ.

ލުނބޯ ޑީޓޮކްސް

ބޭނުންވާނެ ތަކެތި:

  • 5 ލުނބޯ
  • 1 ލީޓަރު ސްޕާކްލިންގް ފެން
  • ކުދީނާ ފަތް
  • ގަނޑުފެން ކިއުބް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އޮށްތައް ނެގުމަށްފަހު ހަތަރު ލުނބޯ ފެލާލާށެވެ. ބާކީ އޮތް ލުނބޯ ވައްކޮށް ފޮތިކޮށްލާށެވެ. އެއަށްފަހު ކުރިން ފެލާލި ލުނބޯހުތް ކޮޅާނި ސްޕާކްލިންގް ފެން އެއްކޮށްލާށެވެ. އެއަށްފަހު ކުދީނާ ފަތާއި ކުރިން ވައްކޮށް ފަތިކޮށްލި ލުނބޯ ފޮތިތައް ޖޫސްތަށި ތެރެއަށް އަޅާލުމަށްފަހު އެއް ގަޑިއިރު ފަހުން ބޯލާށެވެ. ބުއިމުގެ ކުރިން ގަނޑުފެން ކޮޅު ލެވިދާނެ އެވެ.