ކެބެޖަކީ އާންމުކޮށް ޖޫސް ގިރަން ބޭނުންކުރާ ބާވަތެއް ނޫން ނަމަވެސް، ކެބެޖްއިން ތައްޔާރުކޮށްލެވޭ ޖޫހަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ، އެތައް ބަލިތަކަކުން ދިފާއުކޮށްދޭ ބުއިމެކެވެ. އެެހެން ކަމުން މި ބުއިމުގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 2 އަލޯވެރާ ފަތް ނުވަތަ އެއް ޖޯޑު އަލޯވެރާ ޖޫސް
  • 1 ކިޔުކަންބާ
  • 1 ސައިސަމުސާ އިނގުރު
  • ކެބެޖެއްގެ ފަޅިއެއް
  • ބައި ޖޯޑް ޕެޕާމިންޓް

ތައްޔާރުކުރާނެ ގޮތް

މަތީގައިވާ ހުރިހާ ތަކެއްޗެއް މިކްޗަރަކަށް އަޅައި ރަނގަޅަށް ގިރާލުން- ގިރާ ނިމުމާއެކު ބޯލާށެވެ. މި ބުއިންގިނަ ވަގުތު ތައްޔާރުކޮށްފައި ބެހެއްޓުން ރަނގަޅެއް ނޫނެވެ.

ފައިދާތައް

ހަންގަނޑު އޮމާންވުން

ކެބޭޖް ޖޫހުގައި ގިނަ އަދަދަކަށް ވިޓަމިން އީ، ސީ އަދި އޭ އެކުލެވެއެވެ. މީގެ ސަބަބުން ހަންގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދެ އެވެ.

ކެންސަރުން ދުރުކޮށް ދިނުން

ކެބެޖް ޖޫހުގެ ސަބަބުން ބްލެޑާގެ ކެންސަރުން ދުރުކޮށްދެ އެވެ. ކެބެޖް ޖޫހުގައި ގިނަ އަދަދަކަށް ގުލްކޯސިނޮލޭޓް އެކުލެވެއެވެ. ގުލްކޯސިނޮލޭޓް، އައިސޯތައޯސައިނޭޓްއަށް ހަށިގަނޑުގެ އެތެރެވުމަށްފަހު ބަދަލުވެ އެވެ. އައިސޯތައޯސައިނޭޓް ކެންސަރުން ދުރުކޮށްދެ އެވެ.

ބަރުދަން ލުއިކުރުމަށް އެހީވުން

ކެބެޖް ޖޫހުގެ ސަބަބުން ގޮހޮރު ސާފުކޮށްދެ އެވެ. މީގެ ސަބަބުން ހަޖަމްކުރަން ފަސޭހަވެގެންދެއެވެ. ފެޓްސް އުފެއްދުމުގެ ފުރުސަތު ވެސް ހަނިކޮށްދެ އެވެ.