އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން 65 އަހަރުވާއިރު ރިޓަޔާމަންޓް ޕްލޭންއެއް ކަނޑައަޅައި ވަޒީފާއާއި މަސައްކަތުގެ މާހައުލުން ދުރަށް ދާން ނިންމައިގެން ތިބޭ ބައެކެވެ.
ނަމަވެސް އޮސްޓްރޭލިއާއަށް ނިސްބަތްވާ މިހާރު އުމުރުން 102 އަހަރު ވެފައިވާ ފިލް ހޮގްސަންގެ ހުރީ މުޅިން އެހެން ވިސްނުމެކެވެ. އުމުރުން ގަރުނެއް ހަމަވިއިރު ވެސް އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި އިންނާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި އޮސްޓްރޭލިއާ ދިފާއުކޮށްދިނުމުގައި އަސްކަރީ ޔުނީފޯމް ވެސް އަޅައިގެން އުޅުނު ފިލް ވަނީ އޭނާގެ އުމުރުގެ ޒުވާން ދުވަސްވަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާ ކޮށްފަ އެވެ.
އެގޮތުން އަސްކަރިއްޔާއާ ގުޅުމުގެ ކުރިން 60ގެ އަހަރުތަކުގައި ސޭލްސް ރިޕްރެޒެންޓެޓިވްއެއްގެ ގޮތުގައި މަސައްކަތްކުރިއިރު ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޭނާ ވަނީ އެކި ރޮނގުތަކުން ހުނަރާއި ތަމްރީނު ހޯދާފަ އެވެ.
ވަޑާމުގެ މަސައްކަތްތަކަށް ޝައުގު ހުންނަ ފިލް މިހާރު މަސައްކަތް ކުރަމުން އަންނަނީ ކުޑަކުދިންގެ ކުޅޭ ސާމާނު ހަދާ ތަނެއްގަ އެވެ.
ފިލް ބުނީ މަސައްކަތް ނުކޮށް އޭނާ ކުރާނެ އިތުރު ކަމެއް ނެތް ކަމަށާއި މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީވެސް އޭނާއަށް އުފާވެރިކަން ގެނެސްދޭ ދުވަހެއް ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން ފިލްގެ އަންހެނުން މަރުވެފައިވާއިރު އެދުވަހުން ފެށިގެން އޭނާ އުޅެމުން އަންނަނީ އެކަނި ކަމަށް ރިޕޯޓުތައް ބުނެ އެވެ.