މާ ގިނައިން ބޭނުން ކުރުމަކީ ސިއްޙީ ގޮތުން ނުރައްކާތެރި ކަމެކެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ކެއުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުން ކޮށްފިނަމަ ގިނަ އުނދަގޫ ތަކެއް ހަށިގަނޑަށް ކުރިމަތިވާނެ އެވެ. މާ ގިނައިން ލޮނު ބޭނުން ކުރުމުގެ ސަބަބުން ދިމާވެދާނެ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

މާ ގިނައިން ކުޑަކަމުދެވުން

މާ ގިނައިން ލޮނުގެ ބޭނުން ކުރާ ނަމަވެސް ކުޑަކަމުދިއުން ގިނަވާނެ އެވެ. ލޮނު ބޭނުން ކުރުމުގެ ސަބަބުން ލޭގެ ތެރެއިން ލޮނު ބޭރު ކުރުމަށް ކިޑްނީ ގިނަ އިރު މަސައްކަތް ކުރަންޖެހެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްވުރެ ގިނައިން ކުޑަކަމުދެވޭ ގޮތްވެ އެވެ.

މާ ގިނައިން ފެން ބޮވުން

ގިނައިން ކަރުހިއްކުމަކީ ވެސް މާގިނައިން ލޮނު ބޭނުން ކުރެވިއްޖެ ކަމުގެ އަލާމާތެކެވެ..މާގިނައިން ލޮނު ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑުގައި ސޯޑިއަމް އަދި ފެނުގެ ނިސްބަތަށް ބުރޫއަރާ، ކަރުހިއްކުމުގެ އިޙްސާސް ކުރެވެ އެވެ.

ކިޑްނީގައި ހިލަ އުފެދުން

މާގިނައިން ލޮނުބޭނުން ކުރުމަކީ ކިޑްނީގައި ހިލަޖެހުމަށް މަގުފަހު ކުރުވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާ ގިނައިން ލޮނުގެ ބޭނުން ކުރުމަކީ ކުޑަކަމުދާ ތަކެތީގައި ޕުރޮޓީންގެ މިންވަރު އިތުރު ކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ކިޑްނީގެ މައްސަލަތައް ޖެހެ އެވެ.