ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ރޭގަނޑު ވަރަށް ދަންވަންދެން ވެސް ހޭލާ ހުންނަން ޖެހެ އެވެ. ވަޒީފާގެ ގޮތުންނާއި އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ލަސްވަން ދެން ހޭލާ ހުންނަން ޖެހޭއިރު އެކަމަކީ ސިއްހީ ގޮތުން ރައްކާތެރި ގޮތެއް ނޫނެވެ. އަދި އެއީ އެކަމެއްގެ ސަބަބުން ހީވެސް ނުކުރާފަދަ ގެއްލުންތަކެއް ތިމާއަށް ކުރިމަތިވެދާނެ ކަމެކެވެ.
ސިކުނޑިއަށް ގެއްލުން ލިބުން
ދަންވަރު ހޭލާ ތިބޭ މީހުންގެ ސިކުނޑީގެ "ވައިޓް މެޓާ" އެހެން މީހުންނާ އަޅާ ބަލާ އިރު މަދެވެ. ވައިޓް މެޓާއަކީ ސިކުނޑީގެ ނިއުރޯންސް ގުޅުވައިދޭ ބައެވެ. މިބައި މަދުވުމުން ސިކުނޑިން ކުރާ މުޢާމަލާތްތައް ހަށިގަނޑަށް ފޮނުވުން ހީނަރުވެ އެވެ. އެއާއެފު މީގެ އިތުރުން މިކަން ޑިޕްރެޝަނަށް މަގުފަހިވެ އެވެ.
ދިފާއީ ނިޒާމް ބަލިކަށިވުން
ގުދުރަތީގޮތުން ކަނޑައަޅާފައިވާ ގޮތާ ހިލާފުވެ، ނިދަން ޖެހޭ ވަގުތު ނުނިދުމުން ބަލިތަކުން ދިފާއުކޮށްދޭ ސެލްސް ގެ ބަދަލުގައި ބަލި އިތުރަށް ގޯސް ކޮށްދޭ ސެލްސް (ޕޮރޯ އިންފްލެމަޓަރީ އިމިޔުން ސެލްސް) އުފެދޭލެއް ގިނަވެ ތަފާތު ބަލިތަކަށް މަގުފަހި ކުރުވަ އެވެ.
ހޯމޯންތަކަށް ނޭދެވޭ އަސަރު ކުރުން
މެލަޓޮނިން އަކީ މީހާގެ ހަށިގަނޑުގައި އުފެދޭ ހޯމޯން އެކެވެ. ރޭގަނޑު ހޭލާ ހުރުމުގެ ސަބަބުން މި ހޯމޯން އުފައްދާ މިންވަރު ދަށްވެ އެެވެ. ނަތީޖާއަކަށް ވަނީ އެހެން ހޯމޯންތަކުގެ މަސައްކަތްތަކަށް ވެސް ނޭދެވޭ އަސަރު ކުރަން ފަށުމެވެ.